ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީގެ މިސްކިތްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން.

ގދ.ފިޔޯރީގެ މިސްކިތްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)422-B1/422/2024/13 އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވުމާއެކު އެ އިއުލާން ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ. މިކައުންސިލުންދޭ މަޢުލޫމާތާއިއެއްގޮތަށް، ގދ. ފިޔޯރީގެ 4 މިސްކިތެއްގައި ހުރި މަރާމާތުތައް ކޮއްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިމަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ނަންނޯޓް ކުރުމަށް ދަންނަވަމެވެ. މަޢުލޫމާތު ސެޝަން ބޭއްވޭނީ  2024 މާރޗް 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް ނަންނޯޓްކުރައްވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  2024 މާރޗް 26 ވާ އަންގާރަ  ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2024 މާރޗް 24 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން  [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ނޯޓް: ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

8 ރަމަޟާން 1445

 18  މާރޗް 2024

18 މާރިޗު 2024
ހޯދާ