ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖޫން 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތައް

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖޫން 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 14 މޭ 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 ބެޗްލަރ އޮފް އާރޓްސް އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިން ލޭންގްވިޖް

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/ އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން އަދި ޖީ.ސީ.އީ އޯ ލެވެލް އިނގިރޭސި ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ،

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް) ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ،

ނ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

ރ. އިނގިރޭސި ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

ބ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް އެއް މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރު ދުވަހު ޘާނަވީ ފެންވަރުގައި ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ

މުއްދަތު: 3 އަހަރު (6 ސިމެސްޓަރ)

ޖާގަ: 90 (ޖުމްލަ)

ކޯސް ހިންގާނެގޮތް: ފުލްޓައިމް

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ

ކޮމްބިނޭޝަންތަކަށް ޖާގަތައް ކަނޑައެޅިފައިވާ ގޮތް (ހަމައެކަނި މާލެއަށް)

މެރިންބަޔޮލޮޖީ/ބަޔޮލޮޖީ

 5

ބިޒްނަސް ސްޓަޑީޒް/މެތަމެޓިކްސް

 5

އެކައުންޓިންގ/މެތަމެޓިކްސް

 5

ކެމިސްޓްރީ/ފިޒިކްސް

 5

ކެމިސްޓްރީ/ބަޔޮލޮޖީ

 10

އެކައުންޓިންގ/އިކޮނޮމިކްސް

 5

ބަޔޮލޮޖީ/މެތަމެޓިކްސް

 5

ކެމިސްޓްރީ/މެތަމެޓިކްސް

 5

ބިޒްނަސް ސްޓަޑީޒް/އިކޮނޮމިކްސް

 10

މެރިންބަޔޮލޮޖީ/ފިޒިކްސް 

15

ފިޒިކްސް/މެތަމެޓިކްސް

5

އިކޮނޮމިކްސް/މެތަމެޓިކްސް

 5

ބިޒްނަސް ސްޓަޑީޒް/އެކައުންޓިންގ

 10

 

 

 

 

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޚާއްޞަވާން އެދޭ މާއްދާތައް ހިމެނޭގޮތަށް ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ،

ށ. ޚާއްޞަވާން އެދޭ މާއްދާތައް ހިމެނޭގޮތަށް ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ/އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިންގ ސެކަންޑަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ،

ނ. ޚާއްޞަވާން އެދޭ މާއްދާތަކުގެ ތެރެއިން ކޮންމެވެސް އެއް މާއްދާއަކުން ކިޔަވާދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 5ގެ ސަނަދެއް އޮތުމާއެކު ދެވަނަ މާއްދާއިން ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފާހެއް އޮތުން ނުވަތަ އެފެންވަރު ހުރުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ،

ރ. ޚާއްޞަވާން އެދޭ މާއްދާތަކުން ކިޔަވާދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ،

ބ. ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން.

ޅ. އުމުރުން 25 އަހަރުވުމާއެކު ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ޘާނަވީ ލެވެލްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:  ކ.މާލެ - ފުލްޓައިމް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ،

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ،

ނ. ކިޔަވައި ދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ގަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ،

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ޑިޕްލޮމާ އިން އެޑިޔުކޭޝަން (އާރލީ ޗައިލްޑްހުޑް)

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް:  ކ.މާލެ - ފުލްޓައިމް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/ އެޗް.އެސް.ސީ 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. ނުވަތަ،

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 4 ގެ ސަނަދެއް އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ބެޗްލަރ އޮފް އެޑިޔުކޭޝަން އިން އާރލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން.

2 ރަޖަބު 1436

21 އޭޕްރިލް 2015
ހޯދާ