މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ ފާހާނާބަރި މަރާމާތުކުރުން

`

 

 

 

މާއުނގޫދޫ ސްކޫލް

ށ. މާއުނގޫދޫ  

 

ނަންބަރު: GS106/IUL/2024/009

އިޢުލާން

 

ދަރިވަރުންގެ ފާހާނާބަރި މަރާމާތުކުރުން

         މި ސުކޫލުގެ ދަރިވަރުން ބޭނުންކުރަމުން ގެންދާ ފާހާނަ ބަރި، މި ސުކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރ GS106/IUL/2024/008   އަށް އެއްވެސްފަރާތަކުން އިޖާބަ ދީފައި ނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 މާރޗް 2024 ވާ ހޯމަ ދުވަހުގެ 10:45 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މި މަސައްކަތަށް ބިޑްހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

21 މާރޗް 2024، ހެނދުނު 10:45 ގައި  މާއުނގޫދޫ ސުކޫލުގައި

އަންދާސީ ހިސާބު ހުށަހެޅުން

25 މާރޗް 2024، ހެނދުނު 10:45 ގައި  މާއުނގޫދޫ ސުކޫލުގައި

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6540554 އާ ގުޅުއްވުން އެދެމެވެ.

08 ރަމަޟާން 1445

18 މާރޗް 2024

 

 

 

އިބްރާހީމް ޞަލާޙް

ޕްރިންސިޕަލް

 

 

18 މާރިޗު 2024
ހޯދާ