މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިޕޯޓް ރައިޓިންގ ކޮންސަލްޓެންޓް - ކޮންޓްރެެކްޓް

އިޢުލާނު 

މަޤާމު:

ރިޕޯޓް ރައިޓިންގ ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 3 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

35,000.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލޭ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މަދަހަ މުބާރާތާއި ގުރުއާން މުބާރާތުގެ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ދިވެހި ބަހުގެ ހަމަތަކާއި އެއްގޮތަށް އެހެނިހެން ކޮންޓެންޓް ތައްޔާރު ކުރުމަށްޓަކައި ލަފައާއި އިރުޝާދު ދިނުން
  2. މާލޭ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އެހެނިހެން އިވެންޓްތަކުގެ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ދިވެހި ބަހުގެ ހަމަތަކާއި އެއްގޮތަށް އެހެނިހެން ކޮންޓެންޓް ތައްޔާރު ކުރުމަށްޓަކައި ލަފައާއި އިރުޝާދު ދިނުން
  3. މާލެ ސިޓީގެ މޭޔަރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޖަވާބުދާރީ ވާންޖެހޭ ކަންކަމުގައި ތައްޔާރުކުރަންޖެހޭ ރިޕޯރޓް ތައްޔާރު ކުރުން.
  4. މާލެ ސިޓީގެ މޭޔަރު ސަރުކާރުގެ އިދާރާތަކަށާއި އަދި އެހެނިހެން އިދާރާތަކަށް ޖަވާބުދާރީވާންޖެހޭ ކަންކަމުގައި ތައްޔާރުކުރަންޖެހޭ ސިޓީތަށް ޑްރާފްޓް ކުރުމާއި ރިޕޯރޓް ތައްޔާރު ކުރުން.
  5. ކައުންސިލްގެ އިދާރީ ހިންގުން ހަލުވިކޮށް ހަރުދަނާ ކުރުމަށްޓަކައި މެނޭޖްމަންޓް އޮޑިޓަރުން ފާހަގަ ކުރައްވާ ކަންކަމުގެ މަށްޗަށް ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރު ކުރުން.
  6. މާލޭ ސިޓީ ކައުންސިލް އިދާރާގެ ކައުންސިލުން ނިންމާ ނިންމުންތަކުގެ މަށްޗަށް ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރު ކުރުން
  7.  ކޮންމެ އަހަރެއް ނިމުމުން މާލޭ ސިޓީ ކައުންސިލް އިދާރާގެ އެކިއެކި ސެކްޝަންތަކުން ކުރާ މަސައްކަތްތަކުގެ މަށްޗަށް ބަލާ އެއްކުރާ މައުލޫމާތުތަކުގެ މަށްޗަށް ތައްޔާރު ކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރު ކުރުމަށް ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުން.
  8. މާލޭ ސިޓީ ކައުންސިލް އިދާރާއިން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ މަށްޗަށް ބިނާކޮށް ތައްޔާރު ކުރަންޖެހޭ ރިޕޯރޓްތަކާއި، ކުރު އަދި ދިގުރާސްތާ ޕްލޭންތައް ތައްޔާރު ކުރުމުގައި ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުން.
  9. މާލޭ ސިޓީގެ މޭޔަރުގެ ފަރާތުން ތަފާތު ޖަލްސާތަކުގައާއި ފޯރަމްތަކުގައި ދެއްވާ ސްޕީޗްތައް ތައްޔާރު ކުރުމުގައި ދެއްވަންޖެހޭ ލަފައާއި އިރުޝާދު ދެއްވުމާއެކު އެފަދަ ސްޕީޗްތައް ތައްޔާރުކުރުން
  10. މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ތަފާތު ފޯރަމްތަކުގައި ޑެޕިއުޓީ މޭޔަރ އަދި ކައުންސިލަރުން ތަމްސީލް ކުރައްވާ ހާލަތްތަކުގައި ކައުންސިލްގެ ފަރާތުން ދޭންޖެހޭ ތަގުރީރްތައް ތައްޔާރު ކުރުމުގައި އެހީތެރި ވެދިނުން.
  11. ކައުންސިލްގެ އެކިއެކި ސިޔާސަތުތަކާ ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެތެރެއިން ދައުވަތުދެވޭ ބައްދަލުވުންތަކުގައި ބައިވެރިވުމާއެކު ތައްޔާރު ކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރު ކުރުން.
  12. ކައުންސިލްގެ މިހާރުގެ ރިޕޯރޓިން މެކޭނިޒަމްގައި ހުރި ބަލިފައިތައް ދަނެގަނެ އެކަންކަން އިސްލާހު ކުރުމަށް ގެންނަންޖެހޭ ބަދަލުތަކުގެ ލަފައާއި އިރުޝާދު މޭޔަރާއި ކައުންސިލަށް ހުށަހަޅަމުން ގެންދިއުން.
  13. ސިޓީ ކައުންސިލްގެ ދާއިރާއިން އެނހިނދަކަށް ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރި އުޅުމާއި ސިޓީ ކައުންސިލްގެ ފަރާތުން ބާއްވާ އާންމު ރައްޔިތުންނާ ގުޅުންހުރި އެންމެހައި ބައްދަލުވުންތަކާއި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. މާސްޓަރސް އޮފް ޓީޗިންގ އިން ދިވެހި ލޭންގުއޭޖްގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް / 04 މަސްހަމަނުވާ (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 މާރިޗް 2024 ގެ 13:00 ގެ ކުރިން، ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                   08 ރަމަޟާން 1445
18 މާރިޗު 2024
ހޯދާ