ދިވެހިރާއްޖެ
މި އޮތޯރިޓީގެ ވެބްސައިޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)221-ASS/221/2024/08 އިއުލާނާއި ގުޅިގެން މި މަސައްކަތަށް ލިބިފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
މި މަސައްކަތުގެ އިތުރު ތަފްސީލާއި، ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މި އިއުލާނާއި އެއް ހީރަސްކޮށްފައިވާ ޓީ.އޯ.އާރްގައި ބަޔާން ކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 މާރިޗު 18 ވާ ހޯމަ ދުވަހުން ފެށިގެން 2024 މާރިޗު 24 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/s5AtBR7zun
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މާރޗް 2024 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.