ދިވެހިރާއްޖެ
(IUL)38-BC/38/2024/219 :ނަންބަރު
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024
އޮބްޒާވްކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ 9:30 ން ފެށިގެން، 2024 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ 13:30 އާ ހަމަޔަށް އިތުރު ފުރުޞަތެއް ހުޅުވާލައިފީމެވެ.
(ހ) އިންތިޚާބު އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައިނުވުން.
- ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަ ގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއް ނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައިނުވުން.
- އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައިނުވުން.
- އިންތިޚާބުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައިވުން.
- ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
(ށ) އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
1. އޮބްޒާވަރަކަށް ވުމަށް އެދޭ ފޯމު
2. އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތް / ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތް / ފަރާތްތަކުގެ އޮބްޒާވަރުންގެ އިޤުރާރު
4. ފޮޓޯ
- އައި.ޑީ ކާޑުގައިވާ ފޮޓޯ ނޫން ފޮޓޯއެއް ފާހުގައި ޖަހަން ބޭނުންވާ ނަމަ، އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތް/ ފަރާތްތަކުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ، JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ.)
- ފޮޓޯ ސޭވްކޮށްފައި ހުންނަން ވާނީ އެ ފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުންނެވެ.
- އޮބްޒާވަރުންގެ ގޮތުގައި ނަން ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓްގެ ސޮފްޓް ކޮޕީ (އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެޓަށް، މައިކްރޮސޮފްޓް އެކްސެލް ފޯމެޓްގައި)
(ނ) އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން
- އޮބްޒާވަރުންގެ ގޮތުގައި ޙަރަކާތްތެރިވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤުރާރުގައި ސޮއި ކުރަންވާނެއެވެ.
- ފޯމާ އެކު ހުށަހަޅާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ފޯމުގައި ހުރި ނަންތަކުގެ ތަރުތީބުންނެވެ.
- އެކަކު، އެއް އެޕްލިކޭޝަނަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާ ނަމަ، އެ ފަރާތަކުން އެންމެ ފުރަތަމަ ހުށަހަޅާ ފޯމު ބަލައިގަނެ، އެހެން ފޯމުތައް ބާޠިލުކުރެވޭނެއެވެ.
- އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަން ޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާ ނަމަ، ނުވަތަ އެ ފޯމާ އެކު ހުށަހަޅަންޖެހޭ އެއްވެސް ލދިޔެކިޔުމެއް މަދު ނަމަ، އެ ފޯމެއް ބާޠިލު ކުރެވޭނެއެވެ.
- އެޕްލިކޭޝަން ފޯމުގައިވާ ސޮއި އާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ސޮއި ތަފާތު ނަމަ، އެ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ކޮމިޝަނުން ދޫކުރާނީ ޑިޖިޓަލް ފާހެކެވެ. ކޮމިޝަނުން އަންގާ މިންގަނޑާ އެއްގޮތަށް ފާސް ލިބޭ ފަރާތުން އެ ކާޑު ޕްރިންޓްކުރަން ވާނެއެވެ. އަދި ފާހުގައިވާ ކިއު.އާރު ކޯޑު ސްކޭންކުރެވޭ ގޮތަށް، ސާފުކޮށް ކާޑު ޕްރިންޓްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.
- ވޯޓުނެގުމާއި، ވޯޓުގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާޢަތްތަކަށް ފާސް ދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްޢިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ވުރެ 10% (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.
- އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބެއްގެ ޙައިޘިއްޔަތުން ޙަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއް ނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއް ނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.
- ފޯމު ހުށަހެޅުމަށް ފަހު، 3004459 އަށް ގުޅުއްވާ އީ-މެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލް ސައިޒް 10MB އަށް ވުރެ ބޮޑުވެގެން މި ކޮމިޝަނަށް ނުލިބޭ އީ-މެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމެއްގެ ގޮތުގައެވެ.
އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީ-މެއިލް މެދުވެރިކޮށެވެ. އަދި އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމުގެ އިންތިޒާމް 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ 9:30 ން ފެށިގެން، 2024 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:30 އާ ހަމަޔަށްހަމަޖެހިފައި ހުންނާނެއެވެ.
އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] އީ-މެއިލަށެވެ. އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މި ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.