ދިވެހިރާއްޖެ
(IUL)38-BC/38/2024/221 :ނަންބަރު
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024
ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
2024 އެޕްރީލް 21 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ، އެ މީހެއްގެ މަސްލަޙަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަންކުރުމުގެ ފުރުޞަތު، ޤަވާޢިދު ނަންބަރު 2020/R-48 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤަވާޢިދު) ގެ 29 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިދެއެވެ.
މިގޮތުން، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ 9:30 ން ފެށިގެން، 2024 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ 13:30 އާ ހަމަޔަށް އިތުރު ފުރުޞަތެއް ހުޅުވާލައިފީމެވެ.
(ހ) އިންތިޚާބުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ހުއްދަދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޛުކުރެވެމުންދާ މީހެއް ކަމުގައިނުވުން.
- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން.
- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް / ވެރިއެއް ކަމުގައިނުވުން.
- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިނުވުން.
- ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުން.
- ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިނުވުން، ނުވަތަ އިންތިޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
(ށ) އިންތިޚާބަށް ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭފަރާތްތަކުން، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.
- ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފޯމު
- ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
- ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތުގެ އިޤްރާރު
- ކެންޑިޑޭޓުގެ މަންދޫބު ޢައްޔަން ކުރިކަމުގެ ލިޔުން
- ފޮޓޯ
- އައި.ޑީ ކާޑުގައިވާ ފޮޓޯ ނޫން ފޮޓޯއެއް ފާހުގައި ޖަހަން ބޭނުންވާ ނަމަ، ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ، JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ.)
- ފޮޓޯ ސޭވްކޮށްފައި ހުންނަންވާނީ އެ ފޮޓޯގައިވާ މީހާގެ އައި.ޑީ ކާޑު ނަންބަރުންނެވެ.
6. ކެންޑިޑޭޓުގެ މަންދޫބުންގެ ގޮތުގައި ނަން ހުށަހަޅާ ފަރާތުގެ / ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ އެކްސެލް ލިސްޓު (އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެޓަށް، މައިކްރޮސޮފްޓް އެކްސެލް ފޯމެޓްގައި).
7. ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރައްވާ ނަމަ، ޕަވަރ އޮފް އެޓަރނީ ޙަވާލުކުރެވިފައިވާކަމުގެ ލިޔުން
(ނ) ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަންކަން
- ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤްރާރުގައި ސޮއިކުރަން ވާނެއެވެ.
- ފޯމާ އެކު ހުށަހަޅާ ލިޔެކިޔުންތައް ހުށަހަޅަންވާނީ ފޯމުގައި ހުރި ނަންތަކުގެ ތަރުތީބުންނެވެ.
- އެކަކު، އެއް އެޕްލިކޭޝަނަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާ ނަމަ، އެ ފަރާތަކުން އެންމެ ފުރަތަމަ ހުށަހަޅާ ފޯމު ބަލައިގަނެ، އެހެން ފޯމުތައް ބާޠިލުކުރެވޭނެއެވެ.
- އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާ ނަމަ، ނުވަތަ އެ ފޯމާ އެކު ހުށަހަޅަން ޖެހޭ އެއްވެސް ލިޔެކިޔުމެއް މަދު ނަމަ، އެ ފޯމެއް ބާޠިލުކުރެވޭނެއެވެ.
- އެޕްލިކޭޝަން ފޯމުގައިވާ ސޮއި އާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ސޮއި ތަފާތު ނަމަ، އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.
- މި ކޮމިޝަނުން ދޫކުރާނީ ޑިޖިޓަލް ފާހެކެވެ. ކޮމިޝަނުން އަންގާ މިންގަނޑާ އެއްގޮތަށް ފާސް ލިބޭ ފަރާތުން އެ ކާޑު ޕްރިންޓްކުރަން ވާނެއެވެ. އަދި ފާހުގައިވާ ކިއު.އާރު ކޯޑު ސްކޭންކުރެވޭ ގޮތަށް، ސާފުކޮށް ކާޑު ޕްރިންޓްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.
- ކެންޑިޑޭޓުންނަށް މަންދޫބުން ޢައްޔަންކުރެވޭނީ، ކޮންމެ ކެންޑިޑޭޓަކަށް ވެސް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ވުރެ އިތުރުނުވާ ގޮތަށެވެ.
- ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ މަޢުލޫމާތު ސެޝަން ފުރިހަމަކުރަންވާނެއެވެ.
- އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބެއްގެ ޙައިޘިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއް ނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއް ނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.
- ފޯމު ހުށަހެޅުމަށް ފަހު، 3004459 އަށް ގުޅުއްވާ އީ-މެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަން ވާނެއެވެ. އަދި ދަންނަވަމެވެ. ފައިލް ސައިޒް 10MB އަށް ވުރެ ބޮޑުވެގެން މި ކޮމިޝަނަށް ނުލިބޭ އީ-މެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމެއްގެ ގޮތުގައެވެ.
ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް އީ-މެއިލް މެދުވެރިކޮށް އަދި އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާނީ 2024 މާރިޗު 19 ވާ އަންގާރަ ދުވަހުގެ 9:30 ން ފެށިގެން، 2024 މާރިޗު 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:30 އާ ހަމަޔަށްހަމަޖެހިފައި ހުންނާނެއެވެ.
ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] އީ-މެއިލަށެވެ. މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު މި ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ..