މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ - ފުވައްމުލައް އައިސްޕްލާންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

މެނޭޖަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފުވައްމުލައް އައިސްޕްލާންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

10500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: ބޭސިކް މުސާރައިގެ %60

ފުފްޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  •  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން ނުވަތަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، މަދުވެގެން ތިންއަހަރު ދުވަހުގެ މަގާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

 

މަޤާމްގެ މަސްއޫލިއްޔަތުތައް

  • މިކުންފުނީގެ އައިސްޕްލާންޓްތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ހައްލުކޮށް، ލިޔެކިޔުން ބެލެހެއްޓުމާއި އަދި އައިސްޕްލާންޓްއަށް ލިބޭ ފައިސާ ބެލެހެއްޓުން.
  • ކުންފުނީގެ ޕޮލިސީތައް ތަންފީޛް ކުރުމަށް އެހީތެރިވެދިނުން.
  • އައިސްޕްލާންޓް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެތަކެތި ބެލެހެއްޓުމުގެ އެންމެހާ މަސައްކަތް ބެލެހެއްޓުން.
  • އައިސްޕްލާންޓްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި ބެލެހެއްޓުން.
  • އައިސްޕްލާންޓްގެ މަރާމާތުކަންތައް ޤަވަޢިދުން ކުރުވުން އަދި އައިސްޕްލާންޓްތައް ޝަޓްޑައުން ނުވެ ރަނިންގ ކޮންޑިޝަންގައި ބެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ- މަސްވެރިކަމާއި ގުޅުންހުރި ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ވަޒީފާ އަދާކުރާތަން ނިސްބަތްވާ އަތޮޅުގެ ރައްޔިތުންނާއި ގުޅުންހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ. ހުށަހަޅާ ޕްރެޒެންޓޭޝަން.

ބ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

ޅ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލުން.

ކ. މަސައްކަތުގެ ދާއިރާއިން އުފެއްދުންތެރި ޙިޔާލާއި އާވިސްނުންހުރި މިންވަރު.

އ. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.                            

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ  (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ އީމެއިލް ކުރައްވާނީ   [email protected] އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 19 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

17 މާރިޗު 2024
ހޯދާ