ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/16 |
ތާރީޚް |
07 ރަމަޟާންްް 1445 |
|
17 މާރޗް 2024 |
ކައުންސިލް އިދާރާއަށް ބޭނުންވާ އެކިއެކި ކަންކަމާއި ޚިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ގދ.ވާދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެކިއެކި ކަންކަމާއި ޚިދުމަތްތައް މާލެއިން ހޯދުމުގައި ދަތިތަކެއްހުންނާތީ އެފަދަ ކަންކަމާއި ޚިދުމަތްތައް މިކައުންސިލަށް މާލެއިން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ،މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން [email protected] އަށް އީމެއިލް ކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ވުމަށްޓަކައި ކުރާ އީމެއިލްގައި ރަޖިސްޓްރީވާ ފަރާތުގެ ވިޔަފާރީގެ ނަން، މަސްޢޫލުވާ ފަރާތުގެ ނަން،އީމެއިލް އެޑްރެސް އަދި ފޯނުނަންބަރ ހިމެނޭގޮތަށް ހުށަހަޅަންވާނެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
2024/03/25 |
ހޯމަ |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
މުޙައްމަދު އިބްރާހިމް
އ.ކައުންސިލް އެގްޒެކެޓިވް
( ކައުންސިލް ހިންގުމާ ހަވާލުވެހުރި )