ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓްގެ މަރާމާތުގެ މަސައްކަތް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިހޮސްޕިޓަލްގެ އިޢުލާން ނަންބަރު: 08/ILU)HMH-APS/1/2015) އާ ގުޅިގެން އަންދާސީހިސާބު އަގުބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓްގެ މަރާމާތުގެ މަސައްކަތް ކުރުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 މޭ 05 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެއްވޭނީ އެންމެ ފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

01 ރަޖަބު 1436

20 އޭޕްރިލް 2015
ހޯދާ