ދިވެހިރާއްޖެ
ނަންބަރ. (IUL)241-A/241/2024/11
އިޢުލާން
ވެބްސައިޓް ހެދުމާއި ބެހޭ
މިއިދާރާގެ ނަންބަރ: (17- 02 – 2024 ) (IUL)241-A/241/2024/2އިޢުލާނަށް އެކަށީގެންވާ ވަރަށް ބިޑް ހުށަހަޅާފައިނުވާތީ އިޢުލާން ބާޠިލް ކޮށް އަލުން އިޢުލާން ކުރަމެވެ.
ވިމާ. މިއިދާރާގައި ބޭނުންކުރަމުންދާ ވެބްސައިޓް ރީޑިޒައިންކޮށް ލޭއައުޓް ހަދައިދޭން ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ވެބްސައިޓް ހެދުމަށް ބިޑް ހުށަހެޅުމަށް ދަޢުވަތުއަރުވަމެވެ.
# |
ތަފްސީލް |
ތާރީޚް |
ގަޑި |
1 |
ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް |
21-03-2024 |
11:00ގެ ކުރިން |
2 |
ޕްރީބިޑް މީޓިންގ |
28-03-2024 |
10:30އަށް |
3 |
އަންދާސީ ހިސާބް ހުށަހެޅުން |
08-04-2024 |
11:00އަށް |
މިމަސައްކަތަށްދެވޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް ) ( [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
- ބިޑް ހުށަހަޅާ ފަރާތުގެ ނަން ( ކުންފުނި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ )
- ބިޑް ހުށަހަޅާ ފަރާތުގެ މޮބައިލް ނަންބަރާއި، އީމެއިލް އެރެސް :
- ބިޑް ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ:
މިމަސައްކަތަށް ބިޑް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މިމަސައްކަތަށް ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ. ނަމަވެސް ގަޑިޖެހިގެން ބިޑް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް
- މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު: 60%
- ހުށަހަޅާ މުއްދަތަށް: 10%
- ލިބިފައިވާ ތަޖުރިބާ އާއި ފަންނީ ޤާބިލްކަން : 30% ( ތަޖުރިބާ ލިބިފައިވާ ކަމަށް ބަލައިގަންނަނާނީ ވެބްސައިޓް ހެދުމުގެ މަސައްކަތް ކޮށްފައިވާކަން އަންގައިދޭ ލިއުމަށް ބަލާފައެވެ. މިގޮތުން ގިނަވެގެން މިފަދަ މަސައްކަތެއް ކުރި ކަމުގެ 3 ( ތިނެއް ) ލިއުން ހުށަހެޅިދާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .
07 ރަމަޞާން 1445ހ.
17 މާރޗް 2024 މ.