ދިވެހިރާއްޖެ
ނަންބަރ: GS41-IUL/2024/07
އިޢުލާން
މަރަދޫފޭދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:
01 މެއި 2024 އިން 30 އެޕްރީލް 2025 އަށް، މަރަދޫފޭދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ކުރެވުނު ނަންބަރު GS41-IUL/2024/04 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަކަށް ކުރިމަތި ލާފައިނުވާތީ، އަލުން އެފުރުޞަތު، ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 18 މާރޗް 2024 އިން 24 މާރޗް2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ބީލަން ފޯމް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 26 މާރޗް 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލް އޮފީހުގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިރުޝާދިއްޔާ ސްކޫލް
ފޯން: 6891601
އީ-މެއިލް: [email protected]
07 ރަމަޟާން 1445
17 މާރޗް 2024