ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ޢިމާރާތް މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއަތޮޅު ކޮނޑޭ މެޖިސްޓްރޭޓު ކޯޓު ހިންގަމުންދިޔަ ޢިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު 2015/12/(IUL)P2C)ފ(23 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތު ސާފުކޮށްފައިވާ ޝީޓުގައި މައްސަލަތަކެއް އުޅޭތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:30 އަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:30 އަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

4 ރަޖަބު 1436

23 އޭޕްރިލް 2015
ހޯދާ