ފެމިލީ ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިންޓަރނެޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ.
ފެމިލީ ކޯޓަށް 02 (ދޭއް) އަހަރު ދުވަހަށް އިންޓަރނެޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު A3/2015/74-ފ146 (09 އެޕްރީލް 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ،Dedicated 1:1 ގެ 5Mbps އިންޓަރނެޓް ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމަށް 2015 އެޕްރީލް 26 ވަނަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތުޝީޓު ފެމިލީކޯޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
01 ރަޖަބު 1436
20 އޭޕްރިލް 2015
ހޯދާ