ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަރކެޓިންގ މެނޭޖަރ

މަޤާމު:

މަރކެޓިންގ މެނޭޖަރ

ބޭނުންވާ ޢަދަދު: 1

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ނޯޓު: 1 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މަޤާމު ދާއިމީ ކުރެވޭނެއެވެ.

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

މަރކެޓިންގ މެނޭޖަރ

ADG7/40

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް  ހާސިލްކޮށްފައިވުން.

12,687.50

5,437.50

ADG7/41

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 40 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ

2. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

13,141.29

5,631.98

ADG7/42

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 41 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

13,594.62

5,826.27

ADG7/43

.1 އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 42 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

14,049.17

6,021.08

ADG7/44

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 43 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

14,502.66

6,215.42

ADG7/45

1.އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 44 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 7 ގެ ރޭންކްގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަޤާމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި އެކު މިފަދަ ތަޖުރިބާ ވަޒަން ކުރުމަށް އައި.ޔޫ.އެމް. އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން.

14,957.05

6,410.17

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ކަންކަން ހާޞިލް ކުރުމަށް މާރކެޓިންގ ޑިޕާރޓްމަންޓް އިން ކުރަންޖެހޭ އެންމެހާ ކަންކަން ކޯޑިނޭޓް ކުރުން.
  • ޔުނިވަރސިޓީގެ މަރކެޓިންގ ސްޓްރެޓަޖީތަކާއި އެކްޝަން ޕްލޭންތައް އަދި އެނުއަލް ޓަރގެޓްތައް އެކުލަވައިލައި، މެނޭޖްކޮށް، ރޭވުމާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ތަންފީޒުކުރުން.
  • ޔުނިވަރސިޓީގެ މާކެޓިންގެ ލަނޑުދަނޑިތައް ހާސިލުކުރެވޭފަދަ ހުނަރުވެރި ޤާބިލު ޓީމެއް އުފެއްދުމަށް މަސައްކަތް ކުރުން.
  • ކުއްލިއްޔާ / ސެންޓަރ ތަކާއެކު މާރކެޓިންގ ގެ ހަރަކާތްތައް ރާވާ، ތަންފީޒުކޮށް، ނަތީޖާ އެނަލައިޒް ކޮށް ބަދަލުގެންނަންޖެހޭ ކަންކަމަށް ބަދަލުގެނައުން.
  • ޔުނިވަރސިޓީގެ ކޯސްތަކަށް ދަރިވަރުން ހޯދުމަށް ކުރާމަސައްކަތްތައް މުޅި އަހަރުތެރޭގައި ސިސްޓަމެޓިކް ގޮތަކަށް ރާވައިގެން ކުރިއަށް ގެންދިއުމުގައި ޙަރަކާތްތައް ރެޖިސްޓްރަރ އޮފީހާ ގުޅިގެން ރާވާ އިންތިޒާމްކޮށް ހިންގުން.
  • ޔުނިވަރސިޓީއާމެދު މީހުން ދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކްކުރުން.
  • ޔުނިވަރސިޓީގެ ވެބްސައިޓާއި ސޯޝަލްމީޑިއާ ވަސީލަތްތަކުން އެންމެފަހުގެ މަޢުލޫމާތާއި، ޚަބަރު ގެނެސްދޭ ވަސީލަތްތަކަށް ހެދުމާއި ޔުނިވަރސިޓީގެ ކޮމިޔުނިޓީއާއި ޒަމާނާއި ގުޅޭ ވެބްސައިޓަކަށް ހެދުމަށް މަސައްކަތް ކުރުން.
  • ޔުނިވަރސިޓީގެ ޕްރޮމޯޝަނަށް ހަދަންޖެހޭ އިޝްތިހާރު ތަކުގެ ކޮންސެޕްޓް ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓާ މަޝްވަރާކޮށް ކަނޑައަޅާ ހެއްދުވުމަށް ފަހު މީޑިއާތަކުގައި ޕްރޮމޯޓް ކުރުން.
  • ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން ކުއްލިއްޔާ / ސެންޓަރުތަކުގެ ހަރަކާތްތައް މާކެޓްކުރުން އިތުރުކުރުމާއި، އަލަށްފަށާ ކޯސްތަކާއި ޕްރޮގްރާމްތައް، ޔުނިވަރސިޓީގެ ސިޔާސަތާއި އެއްގޮތަށް ޕްރޮމޯޓް ކުރުން.
  • ޔުނިވަރސިޓީގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ބަލަހައްޓާ އަޕްޑޭޓްކުރާ އިސްފަރާތުގެގޮތުގައި ހަރަކާތްތެރިވުން.
  • ޔުނިވަރސިޓީގެ ޖަރނަލްތައް، ނިއުސްލެޓަރތައް އަދި އެހެނިހެން ޕަބްލިކޭޝަންތައް ޔުނިވަރސިޓީގެ ކޯޕަރޭޓް އައިޑެންޓިޓީ އާއެއްގޮތަށް ތައްޔާރުކޮށް ޝާއިޢުކުރުމުގައި ކުއްލިއްޔާ / މަރުކަޒުތަކަށް އެހީތެރިވުން.
  • ޔުނިވަރސިޓީގެ އުފެއްދުންތައް ޕްރޮމޯޓްކޮށް، މާރކެޓްކޮށް އެއިން ލިބިދޭ އާމުދަނީ އިތުރުކުރުމަށް މަސައްކަތް ކުރުން.
  • ޔުނިވަރސިޓީ މާރކެޓްކުރުމުގެ ގޮތުން ތަފާތު އެކި ބާވަތުގެ ޙަފްލާތަކާއި، ފެއަރތަކާއި، އޯޕަން ޑޭތަކާއި، މައުރަޒު، ވެބިނަރ، ލައިވް އިވެންޓްސް، ރޯޑްޝޯވ، ފަދަ ތަފާތު ޙަރަކާތްތައް ރޭވުމާއި އިންތިޒާމް ކުރުމާއި އަދި މިކަންކަން ކުއްލިއްޔާ / ސެންޓަރުތަކާ ގުޅިގެން ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުން.

އުޖޫރައާއި ޢިނާޔަތްތައް:

  • މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ 35%) ދެވޭނެއެވެ.
  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ސްޓާފް ހެލްތު އިންޝިއުރަންސް ސްކީމް ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވެރިއެއްގެ ލެވެލްގައި މުއާމަލާތުކުރުމަށް ބޭނުންވާ ހުނަރު.
  • މަރކެޓިންގ ކޮމިއުނިކޭޝަން މެތެޑޮލޮޖީތަކާ ގުޅޭ މައުލޫމާތު ލިބިފައިވުން.
  • މުއާމަލާތުކުރުމުގެ ރަނގަޅު ހުނަރުތައް ލިބިފައިވުން.
  • ކްރިއޭޓިވިޓީ އަދި އިނޮވޭޝަން.
  • އެނެލެޓިކަލް ހުނަރު.
  • ހަރަކާތް/އިވެންޓް/ޕްރޮޖެކްޓްތައް މެނޭޖްކޮށް ބެލެހެއްޓުމުގެ ހުނަރު.
  • މުވައްޒަފުން ބެލެހެއްޓުމާއި މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގެ ހުނަރު.
  • ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް މެނޭޖްކުރަން އެނގުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަ ކަމާއެކު މުއާމަލާތު ކުރުމާއި މި ދެ ބަހުން ރަނގަޅު ފެންވަރަކަށް ލިޔެކިޔުން ތައްޔާރުކުރަން އެނގުން.
  • ކޮރަލްޑްރޯ އާއި އެޑޯބް ކްރިއޭޓިވް ސުއިޓްގައި ހިމެނޭ އެޕްލިކޭޝަންތަކުން ގްރެފިކްސް އާއި އިލަސްޓްރޭޝަންސްގެ މަސައްކަތް ކުރަން އެނގުން.
  • ސޯޝަލް މީޑިއާއަށް ބޭނުންވާ ވީޑިއޯ ކޮންޓެންޓް ތައްޔާރުކުރަން އެނގުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގައި ހިމެނޭ އެޕްލިކޭޝަންތައް ރަނގަޅު ފެންވަރަކަށް ބޭނުންކުރަން އެނގުން.
  • ގިނަވަގުތު މުރާލިކަމާއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭ މީހަކު ކަމުގައިވުން.
  • ޓާސްކް-ބޭސްކޮށް، ޑިޕާރޓްމަންޓްގެ ޓަރގެޓްތައް ހާސިލުކުރުމަށްޓަކާ ނަތީޖާ ނެރެން .މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ސަނަދު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާޔަށް އެދި ހުށަހަޅާނެ ގޮތް

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://jobs.ium.edu.mv/

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

  • 2024 މާރިޗު 25 ވަނަ ދުވަހުގެ 23:59 އަށް

ނޯޓު

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2024 މާރިޗު 26 އިން 2024 އެޕްރީލު 25 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022160 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
16 މާރިޗު 2024
ހޯދާ