ދިވެހިރާއްޖެ
އިޢުލާނު |
|
މަޤާމު: |
ފައިނޭންޝިއަލް ކޮންސަލްޓެންޓް |
ބޭނުންވާ އަދަދު: |
01 |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް - 3 އަހަރު |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ |
މުސާރަ: |
35000.00 ރުފިޔާ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. މާލޭ ސިޓީ ކައުންސިލުން ކުރިން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި އަދި މިހާރު ހިންގަމުންގެންދާ ޕްރޮޖެކްޓް ތަކުގެ ފައިނޭންސިއަލް ދިރާސާތަކަށް ބަލައި ދިރާސާ ރިޕޯރޓް ތައްޔާރުކުރުމާއެކު ޕްލޭންތައް އެކުލަވާލުން 2. މާލޭ ސިޓީ ކައުންސިލުން ހިންގާ ޕްރޮޖްކްޓްތަކަށް ހިނގާ ކެޕިޓަލް ޚަރަދުތައް އިވެލުއޭޓް ކުރުމާއެކު، ކެޕިޓަލް ޚަރަދުގެ މިންވަރުތައް ދަށްކުރެވިދާނެ ގޮތްތައް ބަލާ ދިރާސާ ކުރުން 3. މާލޭ ސިޓީ ކައުންސިލުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން 4. މާލޭ ސިޓީ ކައުންސިލުން ހިންގިދާނެ ޕްރޮޖެކްޓްތަކުގެ ފައިދާއާއި ގެއްލުމުގެ އެސެސްމެންޓެއް ހެދުން 5. މާލޭ ސިޓީކައުންސިލުން ހިންގުމަށް ރާވާ ޕްރޮޖެކްޓްތަކުން އިންސޯސް/އައުޓް ސޯސް ކޮށްގެން ކައުސިލަށް ހުރި ފައިދާ/ގެއްލުމުގެ އެސެސްމެންޓް ތައްޔާރުކުރުން 6. މާލޭ ސިޓީކައުންސިލުން މިހާރު ހިނގަމުންދާ ޕްރޮޖެކްޓްތަކާއި އަދި ހިންގުމަށް ރާވާ ޕްރޮޖެކްޓްތަކަށް ތައްޔާރުކޮށްފައިވާ ފައިނޭންސިއަލް ޕްރޮޖެކްޝަންތައް އަލުން ރިވިއުކޮށް އިސްލާހްކުރަންޖެހޭ ކަންކަން ފާހަގަ ކުރުމާއެކު، މިކަންކަން ފުރިހަމަ ކުރުމަށްޓަކައި ދެއްވަންޖެހޭ ލަފައާއި އިރުޝާދު ދިނުން 7. މާލޭ ސިޓީކައުންސިލުން ހިންގުމަށް ރާވާ ޕްރޮޖެކްޓްތަކަށް އެންމެ އެކަށީގެންވާ ފައިނޭންސިއަލް މޮޑެލްއެއް ތައްޔާރުކުރުން 8. މާލޭ ސިޓީކައުންސިލުން ހިންގުމަށް ރާވާ ޕްރޮޖެކްޓްތަކަށް ޑިޒައިންކުރާ އެންމެ އެކަށީގެންވާ ފައިނޭންސިއަލް މޮޑެލް ދެނެގަތުމާއެކު، މިމައުލޫމާތު ޕްރޮޖެކްޓް ޓީމާއި އަދި ކައުސިލާ ހިއްސާކުރުން 9. ތަފާތުގޮތްގޮތައް ފައިސާ އިންވެސްޓްކޮށް ނަފާ ހޯދޭނެ ގޮތްތައް ދެނެގަތުން. 10. ކެޕިޓަލް އިންވެސްޓްމަންޓާބެހޭގޮތުން ކައުންސިލަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން. 11. ކައުންސިލްގެ ހޭދައާއި ނެރެވޭ ނަތީޖާއާއި މިނެކިރައި މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރަމުން ގެންދިއުން 12. ބިންތަކާއި އިމާރާތްތަކުން ނަފާނެރެވޭނެ އެންމެ ފަހިގޮތްތައް ހޯދާބަލައި ރިޕޯޓްތައް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން. 13. މަޝްރޫޢުތަކާއި ގުޅިގެން ޓެކްނިކަލް އަދި ފީސިބިލިޓީ ރިޕޯޓްތައް ތައްޔާރުކުރުން. 14. ދުވަހުން ދުވަހަށް ކުރާމަސައްކަތުގައި ހުންނަ ސްޓްރެޓެޖީއާއި ގުޅޭ ކަންކަމުގައި ޚަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަމެއްގެ ވަގުތުގައި އަޅަމުންގެންދިއުން. 15. ލިބެންޖެހޭ ފައިސާ ހޯދުމުގެ ފިޔަވަޅުތައް ދެނެގަނެ ފާހަގަކޮށް ރިޕޯޓްތައް ދެނެގަތުން. 16. އިޢްލާނުކޮށްގެން ކުރާ މަސައްކަތާއި މުވައްޒަފުން ކުރާމަސައްކަތުގެ ޚަރަދު އަންދާޒާ ތައްޔާރުކުރުން. 17. މިނޫންވެސް ވަޒީފާގެ ޒިންމާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން |
މަޤާމުގެ ޝަރުޠުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މާރިޗް 2024 ގެ 13:00 ގެ ކުރިން، ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. |