މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މާފުށި ޖަލުގައިހުރި 02 އިމާރާތް މަރާމާތު ކުރުމާބެހޭ

މާފުށި ޖަލުގައި ހުރި 02 އިމާރާތް މަރާމާތު ކުރުމާބެހޭ

މި ސަރވިސްގެ ދަށުން ހިނގަމުންދާ މާފުށި ޖަލުގައި ހުރި ދެ އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: IUL)167-CC/PR/1/2015/29) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު އަގުބޮޑުކަމަށް ފެންނާތީ އަލުން އިޢުލާން ކުރަމެވެ.

މި ސަރވިސްގެ ދަށުން ހިނގަމުންދާ މާފުށި ޖަލުގައި ހުރި ދެ އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ، 1 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

27 އެޕްރީލް 2015

ހޯމަ

10:00

އަންދާސީހިސާބު ހުށަހެޅުއްވުން

30 އެޕްރީލް 2015

ބުރާސްފަތި

10:00

30 ޖުމާދަލްއާޚިރާ 1436

19 އޭޕްރިލް 2015
ހޯދާ