ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
"އައި.ޔޫ.އައި" ގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް"ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، ގަވާއިދު ނަންބަރު 2015/R-19 (ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު) ގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން އެކުލަވާލައި އާންމުކުރެވިފައިވާ "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން "އައި.ޔޫ.އައި" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.

މިގޮތުން އިސްވެދެންނެވުނު އުސޫލުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކުން ""އައި.ޔޫ.އައި"ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް، 15 މާރިޗު 2024 އިން ފެށިގެން  އެހީއަށް އެދި ހުށަހެޅޭނެއެވެ. އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ޔޫ.އައި"ގެ ފަރުވާ ފޯރުކޮށްދެވޭނީ، ސްކީމް މެދުވެރިކޮށް މި ޚިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭ ރާއްޖޭގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮށް، މިކަމަށް ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް، ޖުމްލަ 3 (ތިނެއް) ފަހަރަށެވެ.  

 

ފޯމު ހުށަހެޅުން

  1. ""އައި.ޔޫ.އައި" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މި އެޖެންސީ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް nspa.gov.mv)،(aasandha.mv)) މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
  2. ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، ފެންބިލްޑިންގ 3 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ އާސަންދަ ކުންފުނީގެ ކައުންޓަރާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލް ގައި ޤާއިމްކުރެވިފައިވާ "ވިރަ" ކައުންޓަރުތަކަށް ކަމުގައި ދަންނަވަމެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް ކަމުގައި ދަންނަވަމެވެ.
  3. އާސަންދަ ޑިޖިޓަލް ޕޯޓަލް  (my.aasandha.mv) މެދުވެރިކޮށް ފަސޭހަ ކަމާއިއެކު އޮންލައިންކޮށް މި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު ކުރިއަށްއޮތް ހަފްތާގައި ހުޅުވާލެވިގެން ދާނެ ކަމުގައިވެސް ދަންނަވަމެވެ.

ފޯމު ބަލައިގަތުމާއި، ގޮތް ނިންމުން

  1. ފޯމު ފުރިހަމަކުރުމަށްފަހު އާސަންދަ ކުންފުންޏަށް ހުށަހަޅާތާ ރަސްމީ 5 (ފަހެއް) ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމަށް ގޮތެއް ނިންމުމަށްފަހު އެސް.އެމް.އެސް ނުވަތަ އީމެއިލްގެ ޛަރީޢާއިން ފޯމު ހުށަހެޅި ފަރާތަށް އަންގާނެއެވެ.

 

"'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" މި އެޖެންސީގެ ވެބްސައިޓް (https://www.nspa.gov.mv/dh/wp-content/uploads/2024/02/IVF-and-IUI-usool.pdf) ގައި ވަނީ ޝާއިޢުކުރެވިފައެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، އާސަންދަ ކުންފުނީގެ ހޮޓްލައިން 1400 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

05 ރަމަޟާން 1445

15 މާރިޗު 2024
ހޯދާ