މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިމާރާތް މަރާމާތު ކޮށް ދޭނެ ފަރާތެއް ހޯދުމާގުޅޭ

          ނަންބަރު: (IUL)491-CDS3/491/2024/39

 

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއްހޯދުމާގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ އިމާރާތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 21 މާރޗް 2024، ބުރާސްފަތި ދުވަހުގެ މެންދުރު 1200ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

  • ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 18މާރޗް 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 24 މާރޗް 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
  • އަމީނީ މަގު، މާފަންނު
  • ކ.މާލެ، 20392

                               25 ޝައުބާން 1445ހ.

                              14 މާރޗް 2024މ.

14 މާރިޗު 2024
ހޯދާ