މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެއަވަށުން ދިގުމުއްދަތަށް ދަނޑުބިން ކުއްޔަށް ދޫކުރުމާގުޅޭ

ނ. ކެނދިކުޅުދޫ، ކުޅުދޫ އަވަށުން 10000 އަކަފޫޓުގެ 2 ބިން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން 05 މާރިޗު 2023 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ކުރިން ކުރެވުނު އިޢުލާނު  ނަންބަރު: (IUL)286-CB/286/2023/29 ބާތިލުކޮށް، ނ. ކެނދިކުޅުދޫ، ދެ އަވަށުން ދަނޑުވެރިކަން ކުރުމަށް ދިގުމުއްދަތަށް ބިންދޫކުރުމަށް އަލުން ހުޅުވާލަމެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން: ދޫކުރުމަށް ހަމަޖެހިފައިވަނީ ކުޅުދޫ އަވަށުން ދަނޑުވެރިކަމަށް ޚާއްސަކޮށްފައިވާ ޒޯނުން 20،000 އަކަފޫޓުގެ 1 ބިމާއި، ކެނދިކޮޅު އަވަށުން ދަނޑުވެރިކަމަށް ޚާއްސަކޮށްފައިވާ ޒޯނުން 20،000 އަކަފޫޓުގެ 1 ބިމެވެ. ސަރަހައްދު އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި، ޖަމްޢިއްޔާތަކުގެ ޤާނޫނު (ނަންބަރު 3/2022) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމަކީ ލާޒިމްކަމެކެވެ.

ދަނޑުވެރިކަމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގައި ކުރެވޭނެ މަސައްކަތްތަކާއި، ބީލަމުގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ ތަކެއްޗާއި އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ވަކިން ފޮނުވޭނެއެވެ. ރަޖިސްޓްރޭޝަން ލިންކް އަދި ބީލަން ހުށައަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ.

 

ސުންގަޑިތައް:

ބިޑު ރަޖިސްޓްރޭޝަން

21 މާރިޗު 2024، 14:00 ގެ ނިޔަލަށް

ލިންކް: https://forms.office.com/r/9Fh9t9ViUH

މަޢުލޫމާތު ސެޝަން

26 މާރިޗު  2024، 13:15

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ބީލަން ހުޅުވުން

31 މާރިޗު 2024، 13:15

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

04 ރަމަޟާން 1445

14  މާރިޗު  2024

14 މާރިޗު 2024
ހޯދާ