ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުން ފިޔަވައި އެހެނިހެން މުވައްޒަފުންގެ މަޢުލޫމާތު ސީއެސްވިއުގައިން އަދާހަމަކުރުމާގުޅޭ

މި ކޮމިޝަނުން އާންމުކޮށްފައިވާ ނަންބަރު 2023/07 (05 ޖޫން 2023) ސަރކިއުލަރ "ސީއެސްވިއުގައާ މިނިސްޓްރީ އޮފް ފިނޭންސްގެ ޕޭރޯލް ރެޖިސްޓަރ ގުޅުވާލުމުގެ ބޭނުމަށް، އިދާރީ އޮނިގަނޑުގައި ނުހިމެނޭ މަޤާމުތަކަށް ނަގާ މުވައްޒަފުންގެ މަޢުލޫމާތު ސީއެސްވިއުގައިން އަދާހަމަކުރުމާގުޅޭ" އާ ގުޅިގެން މުވައްޒަފުންގެ ރެކޯޑު ސީއެސްވިއުގައިން އަދާހަމަކުރުމުގައި އަމަލުކުރަމުން އައި ޕްރޮސެސްއަށް ބަދަލުތަކެއްވަނީ ގެނެވިފައެވެ.

ވުމާއެކު، މިއަދުން ފެށިގެން ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުން ފިޔަވައި، ކޮންޓްރެކްޓް އުޞޫލުންނާއި ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން ނަގާ މުވައްޒަފުންގެ (ދާއިމީ މުވައްޒަފުން ފިޔަވާ އެހެނިހެން މުވައްޒަފުންނާއި އެކިއެކި ބޭނުންތަކަށް ތަފާތު އުޞޫލުތަކުގެ ދަށުން ނަގާ މުވައްޒަފުންގެ) މަޢުލޫމާތު، ސީއެސްވިއުގައިގައި ރެކޯޑުކުރާނީ ސީއެސްވިއުގައިގެ "ކޮންޓިންޖެންޓް މޮޑިއުލް" ގެ ތެރެއިންނެވެ.  

ވުމާއެކު، ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުން ފިޔަވައި އެހެނިހެން މުވައްޒަފުންނާއި އެކިއެކި ބޭނުންތަކަށް ތަފާތު އުޞޫލުތަކުގެ ދަށުން ނަގާ މުވައްޒަފުންގެ މަޢުލޫމާތު، ސީއެސްވިއުގައިގައި ރެކޯޑުކުރުމުގައި މި ސަރކިއުލަރއާއެކު އާންމުކޮށްފައިވާ ޔޫސަރ މެނުއަލްގައިވާ ގޮތުގެމަތިން އަދާހަމަކުރުމުގެ މަސައްކަތް އިދާރާތަކުން ކުރިއަށްގެންދިއުމަށް ދެންނެވީމެވެ.

14 މާރިޗު 2024
ހޯދާ