ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢަށް ކާބޯތަކެތިން އުފެދޭ ކުނި (ބަދިގެ ބާކީ) ރައްކާތެރިގޮތުގައި ރީސައިކަލްކޮށް ކާދަށް ބަދަލުކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ މެކޭނިކަލް ކޮމްޕޯސްޓް ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ އާލާތް މި އިދާރާއަށް ސަޕްލައިކޮށްދޭނޭ ބަޔަކު ހޯދާން ކުރި މިއިދާރާގެ ނަންބަރު (I)288/2024/015 އިއުލާނުން ހުށަހަޅުއްވާފައިވާ ބީލަމުގެ އަގަކީ މަސައްކަތާ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގަކަށްވާތީވެ ބީލަން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
ބޭނުންވާ އާލާތުގެ ސްޕެސިފިކޭޝަންތައް މި އިޢުލާނާއި އެކު ޝާއިރުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި އެ ވަނީއެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ 2024 މާރިޗް 21 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ބީލަން ހުށަހަޅާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ. ބީލަން ފޮތް ވިއްކާން ހަމަޖެހިފައިވަނީ 2024 މާރިޗް 24 ވާ އާދިއްތަ ދުވަހު މެންދުރު 13:00 އިން ފެށިގެން 2024 މާރިޗް 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، މި އިދާރާއިންނެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2024 އެޕްރީލް 03 ވާ ބުދަ ދުވަހު މެންދުރުފަހު 13:00 ގައި މި އިދާރާ ގައެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ވިޔަފާރިއަކުން އެ ވިޔަފާރިއެއްގެ ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ އެކަން އަންގައިދޭ ސިޓީއަކާ އެކު ފޮނުވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރާން ތިރީގައިވާ ނަންބަރަށް ގުޅުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރުން އެދެމެވެ.
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
|
ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް |
7217070 |