މަޤާމު
|
ޑިރެކްޓަރ، ފާމަސިއުޓިކަލް
|
ބޭނުންވާ އަދަދު
|
01
|
ޑިރެކްޓަރ
|
ރޭންކް: EX1
|
މުސާރަ
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ސްޕެޝަލްޑިއުޓީ އެލަވަންސް
|
މުސާރައިގެ %35
|
ޑިވިޝަން
|
މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް / ރެގިއުލޭޝަން ސެކްޝަން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓް ހިންގުމަށްޓަކައި މެޑިސިން އެންޑް ތެރެޕިއުޓިކް ގުޑްސް ޑިވިޝަނުން ކުރަންޖެހޭ ކަންތައްތައް އެމް.އެފް.ޑީ.އޭ ގެ ޕޮލިސީއާއި ޕްރޮސީޖަރތަކާ އެއްގޮތަށް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ފާމަސޫޓިކަލްގެ ލަފާގެމަތިން ރާވައި އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުން.
- މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް އިން ހިންގުމަށް ކަނޑައަޅާ އެކްޝަން ޕްލޭނާއި ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
- ރާއްޖެ އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ބޭހުގެ ރައްކާތެރިކަމާއި ކޮލިޓީ ރެގިއުލޭޓް ކުރާނެ އިންތިޒާމު ރާވައި ހިންގައި ބެލެހެއްޓުން.
- ރާއްޖޭގައި ހިންގާ ބޭސް ފިހާރަތަކާއި ފާމަސިސްޓުން ރެގިއުލޭޓް ކުރާނެ ނިޒާމެއް ރާވައި ހިންގައި ބެލެހެއްޓުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ފާމަސީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފާމަސީގެ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ފާމަސީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ ފާމަސީގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ފާމަސީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ފާމަސީއާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމު
|
އެސިސްޓެންޓް ފާމަސޫޓިކަލް އޮފިސަރ
|
ބޭނުންވާ އަދަދު
|
02
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް:GS 4
|
މުސާރަ
|
މަހަކު -/5020 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
މުސާރައިގެ %35
|
ޑިވިޝަން
|
މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް / ޕޯޓް ކޮންޓްރޯލް ޔުނިޓް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބަޔޮލޮޖިކަލްސް އެތެރެވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭހާ ބެހޭގޮތުން ހެދިފައިވާ ގަވާއިދާ ޕްރޮސީޖަރތަކާ އެއްގޮތްވާގޮތުގެ މަތިން އެ ހުންނަންޖެހޭ ގަވާއިދާ އެއްގޮތަށްތޯ ބަލައި، އިންސްޕެކްޓްކޮށް ރަނގަޅުނަމަ ކްލިއަރެންސްދިނުމުގެ މަސައްކަތްކުރުމާއި، ފެއިލްވެފައިވާ ބޭހާއި ވެކްސިން އަދި ބަޔޮލޮޖިކަލްސް ރިޖެކްޓްކޮށް ގަވާއިދާ އެއްގޮތަށް ޢަމަލުކުރުން.
- ރާއްޖެ އެތެރެކުރެވޭ ބޭހާއި، ފާމަސޫޓިކަލް އައިޓަމްސް އަދި ޕްރިކާރސަރ އައިޓަމްސްގެ މައުލޫމާތު ޑޭޓާ އެންޓްރީގައި އެންޓަރކޮށް، ޑޮކިއުމަންޓްތައް ފައިލްކޮށް ބެލެހެއްޓުން.
- ރާއްޖެއަށް އެތެރެވާ އަދި ރާއްޖޭގެ ފާމަސީތަކުގައި ހުންނަ ފާމަސޫޓިކަލް އައިޓަމްސްގެ ކޮލިޓީ މޮނީޓަރކުރުމަށް ބޭނުންވާ ބޭހުގެ ސާމްޕަލް ނަގައި ލެބޯޓްރީއަށް ފޮނުވުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ފާމަސީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، ފާމަސީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ރިސްކް އެކުލެވޭ މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ރިސްކް އެލަވަންސް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ މޭ މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގގައި)
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014327 އެވެ.
|