މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބައު ސާމާނު ނީލަންކިޔުން

ބައު ސާމާނު ނީލަންކިޔުން

ސ.ހިތަދޫ އަދި ސ.ހުޅުމީދޫ ގައި ހުރި މިކޯޕަރޭޝަންގެ ބައެއް ބައު ވެހިކަލް، ބައު ސްޕެއަރ ޕާޓްސް، ބައު ފަރުނީޗަރ، ބައު ދަގަނޑު، އަދިވެސް އެހެނިހެން ބައެއް ބައު ސާމާނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި ނަންބަރު: MRDC/IFB/2015/07 (ތާރީޚު:18 މާރިޗު 2015) އިޢުލާނާ ގުޅިގެން އަގު ހުށައެޅުއްވީ ދެފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 22 އެޕްރީލް 2015 ވާ (ބުދަ) ދުވަހުގެ 13:00 އަށް ސ.ހިތަދޫގައި ހުންނަ މިކޯޕަރޭޝަންގެ ސައިޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި ކޯޕަރޭޝަނުން އަގު ހުށަހެޅުމަށް ހަމަޖައްސާ ތާރީޚެއްގައި އަގު ހުށަހެޅުއްވުން އެދެމެވެ. 

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަޅަންވާނީވެސް މިއެޑްރެހަށެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު

ޕޯސްޓަލްކޯޑް: 20386

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3320657

ފެކްސް ނަންބަރު: 3317133

27 ޖުމާދަލްއާޚިރާ 1436 

16 އޭޕްރިލް 2015
ހޯދާ