ދިވެހިރާއްޖެ
ނަންބަރު:A/IUL/344/2024/31
އިޢުލާން
އއ. ފެރިދޫގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭމީހުންނަށާއި ދުއްވާތަކެއްޗަށް އުނދަގޫ ވާނެހެން 10 ފޫޓަށް ވުރެ ތިރީގައިހުރި ރުއްގަހުގެ ގޮފިތަކާއި ފަންއަދި މަގުދިއްލާ އަލިކުރުމަށްޓަކައި ކައުންސިލުން ޖަހާފައިވާ މަގުބައްތިތަކުގެ އަލި މަގަށް ނުވާނެހެން ހުރި ރުއްގަހުގެ ގޮފިތަކާއި ފަންތައްކޮށުމަށާްއި، މިކައުންސިލްގެ ހުއްދަ ނުނަގައި މަގުތަކުގައި ބަހައްޓާފައިވާ އެންމެހާ ތަކެތި ނެގުމަށް މިކައުންސިލްގެ 04 ވަނަ ދައުރުގެ 127 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
ވީމާ، މަގުތަކުގައި ހިނގާބިނގާވެ އުޅޭމީހުންނަށާއި ދުއްވާތަކެއްޗަށް އުނދަގޫ ވާނެހެން، 10 ފޫޓަށް ވުރެ ތިރީގައިހުރި ރުއްގަހުގެ ގޮފިތަކާއި ފަންއަދި މަގުދިއްލާ އަލިކުރުމަށްޓަކައި ކައުންސިލުން ޖަހާފައިވާ މަގުބައްތިތަކުގެ އަލި މަގަށް ނުވާނެހެން ހުރި ރުއްގަހުގެ ގޮފިތަކާއި ފަންތަކާއި، ކައުންސިލްގެ ހުއްދަ ނުނަގައި މަގުތަކުގައި ބަހައްޓާފައިވާ ތަކެއްޗާއި ގޭގެ އިމުން ބޭރުގައި ރާނާފައިވާ އޮޅިގަނޑު ފަދަތަކެތި 2024 އޭޕްރިލް 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނަގައި ސާފުކުރުމަށް ގޭގޭގެ ވެރިފަރާތްތަކާއި އަދި ގޭގޭގައި ދިރިއުޅޭ ފަރާތްތަކަށް ދަންނަވަމެވެ.