ދިވެހިރާއްޖެ
ބައު ސާމާނު ނީލަންކިޔުން
މި ކޯޕަރޭޝަންގެ ހެޑް އޮފީސް އަދި ތިލަފުށި ސައިޓުގައި ހުރި ބައެއް ބައު ފަރުނީޗަރ، ބައު އައި.ޓީ ސާމާނު، ބައު ދަގަނޑު، އަދިވެސް އެހެނިހެން ބައެއް ބައު ސާމާނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ކުރި ނަންބަރު: MRDC/IFB/2015/06 (ތާރީޚު:18 މާރިޗު 2015) އިޢުލާނާ ގުޅިގެން އަގު ހުށަހެޅުއްވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 22 އެޕްރީލް 2015 ވާ (ބުދަ) ދުވަހުގެ 13:00 އަށް މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި ކޯޕަރޭޝަނުން އަގު ހުށަހެޅުމަށް ހަމަޖައްސާ ތާރީޚެއްގައި އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3320657
ފެކްސް ނަންބަރު: 3317133
27 ޖުމާދަލްއާޚިރާ 1436