ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/30 (10 މާރިޗު 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ ސަޕޯޓް ސަރވިސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ބާއްވާ ފިޒިކަލް ފިޓްނެސް ޓެސްޓްގެ ބައިތައް ހިމެނޭ "ކަސްޓަމްސްގެ ވަޒީފާއަށް ވަނުމަށް ދެވޭ ބޭސިކް ފިޒިކަލް ފިޓްނަސް ޓެސްޓްދިނުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް" ކަރުދާސް މި އޮފީހުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާނެއެވެ.
ސަޕޯޓް ސަރވިސް އޮފިސަރގެ މަޤާމަށް ޝޯޓްލިސްޓްކުރެވިފައިވާ ފަރާތްތަކަށް ބާއްވާ ފިޒިކަލް ފިޓްނެސް ޓެސްޓް އޮންނާނީ 20 މާރިޗު 2024 (ބުދަ) ދުވަހުގެ ރޭގަނޑު 21:30 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.