އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ހުޅަނގު ތޮށީގައި އަޅާފައިވާ އޮޑިދޯނިފަހަރު އެހެން ދިމާލަކަށް ބަދަލުކުރުމަށް

     ނަންބަރ: A/IUL/344/2024/30

 

                 އިއުލާން

 

                     އއ.ފެރިދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ބަނދަރަށް ބޮޑުކުރެވޭ ބަޔާއި މިހާރުގެ ބަނދަރާއި ގުޅުވާލުމަށްޓަކައި، މިހާރުގެ ބަނދަރުގެ ހުޅަނގު ތޮށީގެ ބޮޑުބައެއްގެ ބޮލޮކްތައް ކައިރި މުސްތަޤްބަލެއްގައި ނައްޓާލަންޖެހޭނެތީވެ، މިހާރުގެ ބަނދަރުގެ ހުޅަނގު ތޮށީގައި އަޅާފައިވާ އޮޑިދޯނިފަހަރު، ބަނދަރުހެނދުމުގެ މަސައްކަތަށް ދަތިނުވާނެގޮތަށް، ރައްކާތެރި އެހެން ދިމާލަކަށް ބަދަލުކުރުމަށް ދަންނަވަމެވެ.

             ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ބަނދަރު ބޭނުންކުރާ ފަރާތްތަކާއި އޮޑިދޯނި ފަހަރު ގެންގުޅޭ ފަރާތްތަކަށް އަދި ޢާއްމު ރައްޔިތުންނަށް، ލަފާފުރުމާއި އަދި އެނޫންވެސް ގޮތްގޮތުން، އެކިއެކި ދަތިތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއިއެކު ރަށުގެ ތަރައްޤީއަށް ކުރެވޭ މިމަސައްކަތް ހިނގަމުންދާއިރު، އެންމެހާ ރައްޔިތުން ކެތްތެރިކަމާއި އެކު ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން މިކައުންސިލާއި މި މަޝްރޫޢު ހިންގާ ފަރާތަށް ދެއްވުން އެދެމެވެ. ރަށުގެ ތަރައްޤީއަށް ކުރެވޭ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

13 މާރިޗު 2024
ހޯދާ