ދިވެހިރާއްޖެ
ނަންބަރ. (IUL)241-A/241/2024/10
އިޢުލާން
އެއްގަމު ލައިސަންސް ޓްރެކްގެ ބިން ކުއްޔަންދިނުމާއި ގުޅޭ
އަތޮޅުކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެއްގަމް ލައިސަންސް ޓްރެކްގެ ބިމުގައި އޮތް ހުސްޖާގަ އިން ވިޔަފާރިއެއް ހިންގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ބިން ކުއްޔަށް ހޯދުމަށް ފްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 19 މާރޗް 2024ވާ އަންގާރަ ދުވަހުގެ 13.00އަށް މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް ) ( [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ .
ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސް .
ގުޅޭނެ މޮބަލް ނަންބަރ.
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިމާއި ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 25 މާރޗް 2024 ވާ ހޯމަ ދުވަހުގެ 10:30ގައެވެ. ގއ. އަތޮޅުކައުންސިލް އިދާރާގައެވެ. ބިން ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 2 އެޕްރީލް 2024ވާ އަންގާރަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ
މިމަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ
ކުރެވިފައިވާ ފަރާތްތަކުންނެވެ.
މިމަސައްކަތަށް ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ. ނަމަވެސް ގަޑިޖެހިގެން ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް
- ހުށަހަޅާ ޕްރޮޕޯސަލަށް : 30%
- ބިންކުއްޔަން ހިފުމަށް ހުށަހަޅާ އަގަށް: 60%
- ބިންސާފްކޮށް ބެލެހެއްޓުމުގެ ކަންކަން ރާވާފައިވާ ގޮތްތަކަށް: 10%
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .
03 ރަމަޞާން 1445ހ.
13 މާރޗް 2024 މ.