ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ
މިއަހަރު މުޅި ރާއްޖޭގައި ފިޠުރުޒަކާތް ނެރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޢާއްމުކޮށްފައިވާ ރޭޓްތަކުންނެވެ. އެހެންކަމުން، މިއަހަރު ފިޠުރުޒަކާތް ބަލައިގަތުމުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީގެ ނަންބަރ: (496A2/CIR/2024/1001) ސަރކިއުލަރ އާއި އެއްގޮތަށެވެ.
- ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި މި އިދާރާއިން އާއްމުކުރާ ރޭޓުތަކުންނެވެ.
- ފިޠުރުޒަކާތް ބަލައިގަންނަން ފަށާނީ 02 ރަމަޟާން 1445 އިން ފެށިގެން 27 ރަމަޟާން 1445ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހަކު 9:00 އިން 12:00 އަށެވެ. އަދި ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކުގައި ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވާ ފިޠުރުޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ 10:00 އިން 12:00 އަށެވެ.
- ކައުންސިލްތަކުން ފިޠުރުޒަކާތް ބަލައިގަންނާނީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ނަގުދު ފައިސާ އިންނެވެ. ނުވަތަ އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އިޢުލާނާ އެކު އެއްހީރަސްކުރެވިފައިވާ އެޕުލިކޭޝަން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ވާހަކަ ދަންނަވަމަވެ. މިއަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށްޓަކައި ޢާއްމުކުރެވިފައިވާ ގޮވާމުގެ ބާވަތްތަކާއި ރޭޓްތައް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެއެވެ. ވީމާ މިކަން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.
13 މާރިޗު 2024
ހޯދާ