މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
" ކޮންޓްރޯލް ޑްރަގްސް " އަދި " ހޮސްޕިޓަލް ޔޫސް " ރާއްޖެއަށްް އިމްޕޯރޓްކޮށް ސަޕްލައި ކުރާނެެ ފަރާތެއް ހޯދުމަށް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ސިއްހީ ވުޒާރާ

މާލެ،                                               

ދިވެހިރާއްޖެ

   (IUL)182-Enf/182/2024/3 :ނަންބަރު

 

އިޢުލާން

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ " ކޮންޓްރޯލް ޑްރަގްސް " އަދި " ހޮސްޕިޓަލް ޔޫސް " ބޭސް މެދު ނުކެނޑި ލިބޭނެ ކަންކަން ކަށަވަރުކުރުމުގެ ގޮތުން އިތުރު 05 ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭސް އިމްޕޯޓް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ. މިއިއުލާނުގެ ދަށުން ކޮންޓްރޯލް ބޭސް އެތެރެ ކުރުމުގެ ހުއްދަ ދިނުމަށް ކަނޑައެޅިފައިވަނީ މި އިއުލާނާއި އެކު މިވާ މައުލޫމާތު ސީޓްގައި ހިމެނޭ ކަންކަން ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.

ވީމާ، 28 މާރިޗް 2024 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގެ ކުރިން  އިއުލާނާއެކު ގެޒެޓްކޮށްފައިވާ މައުލޫމާތު ޝީޓް ފުރުމަށްފަހު މެޑިސިން އެންޑް ތެރެޕިއުޓިކް ގުޑްސް ޑިވިޜަންއަށް އީމެއިލް [email protected] ކުރެއްވުމަށް ދަންނަވަމެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބިވަޑައި ގަންނާނެއެވެ.

13 މާރިޗު 2024
ހޯދާ