މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސާރވިސް އޮފިސަރ

މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

  • މަޤާމުގެ ނަން: މުނިސިޕަލް ސާރވިސް އޮފިސަރ
  • ބޭނުންވާ އަދަދު: 01
  • މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
  • މަޤާމްގެ ރޭންކް: އެމް.އެސް. 1 ( މެނޭޖީރިއަލް ސަރވިސް 1 )
  • ވަޒީފާ އަދާކުރަންޖެހޭތަން: ކެންދޫ ކައުންސިލްގެ އިދާރާ
  • މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ މުސާރައާ ޢިނާޔަތްތައް

  • މުސާރަ: މަހަކު -/5610 ރުފިޔާ.
  • ސާރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ.
  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެފައިސާ އާއި ،އަދި ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލްސަރވިސް ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

މަޤާމްގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • އާންމުންނާ ގުޅުންހުރި އެންމެހާ ކަންތައްތަކާ ގުޅޭގޮތުން އާންމުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުން.
  • ރައްޔިތުންނަށް އޮޅުންފިލުވައިދޭންޖެހޭ އެންމެހައި ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުން.
  • ރަށުގެ ބަދަރާބެހޭ ގަވާއިދާ އެއްގޮތަށް ރައްޔިތުން ޢަމަލުކުރަމުންދޭތޯބަލާ ބަދަރުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • ރަށުގެ މަގުތަކުގެ ސާފުތާހިރުކަމާ މަގުތަކާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  • ޤަބުރުސްތާނު ނޮޅާ ސާފުކޮށް ބެލެހެއްޓުން.
  • ރަށުގެ ކުޅިވަރުކުޅޭ ބިންތަކާއި އިޖުތިމާޢީ ސަރަޙައްދުތަކުގެ އެންމެހާކަންތައްތައް ބެލެހެއްޓުން.
  • ރަށުގައިއުފެދޭ ފަނާވާ ކުންޏާ ފަނާނުވާކުނި މެނޭޖްކޮށް ބެލެހެއްޓުމާ ކުނިކޮށި ބެލެހެއްޓުން.
  • އިޖްތިމާޢީ ސަރަޙައްދުތަކުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • ދުއްވާއެއްޗެއްސާ ހިގާމީހުންނަށް އުދަގޫވާގޮތަށް މަގުތަކަށް ތިރިވެފައިވާ ގަސްތަކުގެ ކޯޅިތައް ކޮށުވާ މަގުބެލެހެއްޓުން.
  • ސަރުކާރާ ރައްޔިތުންގެ އިމާރަތްތަކުގެ އާބަތުރަ ފިލުވާ އެތަންތަނުގެ ކުލަ،ދަވާދު އާކޮށް ބެލެހެއްޓުން.
  • އެއްވެސްމީހަކާ ޙަވާލު ކުރެވިފައިނުވާ ކަންތައްތަކުގެ ތެރެއިން އޮފީހުގެވެރިން ހަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކތަށް ބޭނުންވާ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިހިވެރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސް ލިބެމުންދިޔުމާއެކު، ޖީ.އެސް 4 ރޭންކުގެ ޝަރުޠުފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތަށް ބޭނުންވާު ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު އެމް.އެސް. 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތަށް ބޭނުންވާ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތަށް ބޭނުްވާ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

 ވަޒީފާއަށް އެންމެ ޤާބިލްމީހަކު ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި،ޤާބިލްކަމާއި،ފެންވަރާއި،ބޭނުންވާ ސިފަތައް.

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު

މަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނުކުރުން އޮންނާނީ ކެންދޫކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއުއާއި އިމްތިޙާނުކުރުން އޮންނަ ދުވަހާއި ގަޑި އަދި ތަނާބެހޭ މަޢުލޫމާތު 05 ދުވަސްކުރިން ވަޒީފާއަށްއެދި ހުށަހަޅާފައިވާ ފަރާތްތަކަށް މިއިދާރާއިން އަންގާނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު

މިވަޒީފާއަށް އެދޭފަރާތްތަކުން ވަޒީފާއަށްއެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 28 އެޕްރީލް 2015 ވާ (އަންގާރަަ) ދުވަހު މެންދުރު 14.00 ގެކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  • ހުށަހަޅަންޖެހޭ ލިޔުންތައް
  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިއިދާރާގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްwww.csc.gov.mv  އިން ލިބެން ހުންނާނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރިޑޭޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު )
  • ސަރުކާރަށް ނުވަތަ ސިވިލް ސަރވިސް އަށް ޚިދުމަތްކުރުމުގެ ބޮންޑެއްގައިހުރި މުވައްޒަފަކު މިއިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުން ގެންދާވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާއަދާކުރާއޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި ވަޒީފާއަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤުހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤްހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލްސަރވިސްގައި ވަޒީފާއަދާކުރަމުންދާ މުވައްޒަފަކުވެސް (މިއިދާރާގެ މުވައްޒަފުން ފިޔަވައި) މިފޯމު ހުށަނާޅައިފިނަމަ ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.
  • ދވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު

މިވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތު ސާފުކުރަށްވަން ބޭނުންފުޅުވާނަމަ މިއިދާރާއަށް ވަޑައިގަތުމުން ނުވަތަ މިއިދާރާގެ 6600004 ނަމްބަރު ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

މި މަޤާމަށް އިންޓަވިއު ކުރެވޭނީ މި މަޤާމަށްއެދި ހުށަހަޅާ ފަރަތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަގަނޅު ފަރާތްތަކާއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖުމާދަލްއާޚިރާ 1436

14 އޭޕްރިލް 2015
ހޯދާ