ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ޓީޗަރ (އިކޮނޮމިކްސް)

މަޤާމު: ޓީޗަރ (އިކޮނޮމިކްސް) 

ބޭނުންވާ އަދަދު: 01

ވަޒީފާއޮތް އޮފީސް: ރެހެންދި ސްކޫލް

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ރެހެންދި ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  • ހަވާލުކުރެވޭ ތާވަލާ އެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ ''ސްކީމް އޮފް ވޯކް'' ގައިވާ ގޮތަށް މަންހަޖުގައި ބަޔާން ކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލުކޮށް ދިނުން.
  • ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހާ ޒިންމާތައް އަދާކުރުން.
  • ފެންވަރާއި ހުނަރުގެ ގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުގަންނައި ދިނުން.
  • ކިޔަވައި ދިނުމާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

ޝަރުޠު:                                          

މަޤާމު ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2,500.00

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން، ނުވަތަ

9,910.00

2,500.00

  • ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ހާސިލުކޮށްފައި އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން

8,440.00

2,500.00

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ހާސިލުކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން

  • މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 29 އެޕްރީލް 2015 އާއި 05 މޭ 2015 އާ ދެމެދުގެ ތާރީޚެއްގައި ރެހެންދި ސްކޫލް ގައެެވެ.
  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ރެހެންދި ސްކޫލް އޮފިހަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 28 އެޕްރީލް 2015 ވަނަ ދުވަހުގެ 13.00 ގެ ކުރިންނެވެ.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލްގެ ނަންބަރު 3359901 ފޯނަށް ގުޅުއްވުން އެދެމެވެ. 

15 އޭޕްރިލް 2015
ހޯދާ