މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
2023 ވަނަ އަހަރު ރާއްޖޭގެ މާރކެޓުން ރެންޑަމްކޮށް ސާމްޕަލް ނަގާ ޓެސްޓް ކުރެވުނު ބޭސްތައް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މިނިސްޓްރީ އޮފް ހެލްތް

މާލެ،  ދިވެހިރާއްޖެ


  (IUL)182-Enf/182/2024/11 :ނަންބަރު

އިޢުލާން

އެހެން އަހަރުތަކެކޭވެސް އެއްފަދައިން 2023 ވަނަ އަހަރުވެސް ރާއްޖޭގެ މާރކެޓުން ރެންޑަމްކޮށް ސާމްޕަލް ނަގާ، މިބޭސްތަކުގެ ކޮލިޓޭޓިވް އަދި ކުއަންޓިޓޭޓިވް ޓެސްޓް ކުރެވުނެވެ. މީގެ އިތުރުން ކެއްސުމާއި ހުމާއި، ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) ހިމެނޭތޯ ބެލުމަށް ސްކްރީނިންގ ކުރިއަށް ގެންދެވުނެވެ.

ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ޓެސްޓްކުރެވުނު ޕްރޮޑަކްޓްސް ތަކުގެ ތެރެއިން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތޭ ބޭހާ މެދު ރެގިއުލޭޓަރީ ފިޔަވަޅު އަޅާފައިވާނެއެވެ. އަދި ޓެސްޓްކުރެވުނު ޕްރޮޑަކްޓްތަކުގެ ތެރެއިން ބޭހުގައި ހުންނަންޖެހޭ ކޮލިޓީ މިންގަނޑުތަކާއި އެއްގޮތަށް ހުރި ބޭސްތަކުގެ ލިސްޓް މި އިއުލާނާއި އެކު އެއްހީރަސްކޮށްފައިވާނެއެވެ.

އަދި މިހިނގާ 2024 ވަނަ އަހަރުގެ ސާމްޕްލިން ޕްލޭން އެކުލަވާލާ މާކެޓުން ސާމްޕަލްނެގުމުގެ މަސައްކަތްތައް ކުރިއަށްދާކަމުގައި ވެސް ދެނެނެވީމެވެ.

13 މާރިޗު 2024
ހޯދާ