ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ކްލާސްރޫމްތަކުގެ ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ރިނބުދޫ ސްކޫލް

ދ. ރިނބުދޫ، ދިވެހިރާއްޖެ

އިޢުލާން

(IUL)GS-172/2024/05:ނަމްބަރު

ސްކޫލް ކްލާސްރޫމްތަކުގެ ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލްގެ ކްލާސްރޫމްތަކުގެ ދޮރުތައް އެލްމެނިއަމް ދޮރަށް ބަދަލުކޮށް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެޖެއެވެ. މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  14 މާރޗް 2024  ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް،  ނަން ނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި 18 މާރޗް 2024  ވާ ހޯމަ ދުވަހު 10:00 ގައި މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވިކަމުގައިވީނަމަވެސް ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެއެވެ.

ނަންނޯޓްކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 7952917 ފޯނާއެވެ. ނުވަތަ ސްކޫލްގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  18 މާރޗް 2024 ވާ ހޯމަ ދުވަހު 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

އީމެއިލް: [email protected]

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  24 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ރިނބުދޫ ސްކޫލްގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު (ގެޒެޓްގައި) އެޓޭޗްކުރެވިފައިވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރިނބުދޫ ސްކޫލް

ފޯން: 7952917

އީ-މެއިލް: [email protected]

12 މާރޗް 2024

12 މާރިޗު 2024
ހޯދާ