މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް 02 ރަމަޟާން 1445ހ (12 މާރިޗު 2024) އިން ފެށިގެން 20 ރަމަޟާން 1445ހ (30 މާރިޗު 2024) ގެ ނިޔަލަށް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހެނދުނު 9.00 އިން މެންދުރުފަހު 12.30 އަށް އަދި 21 ރަމަޟާން 1445ހ (31 މާރިޗު 2024) އިން 27 ރަމަޟާން 1445ހ (06 އޭޕްރީލް 2024) ގެ ނިޔަލަށް ހުކުރު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10.00 އިން 12.00 އަށް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. އަދި އޮންލައިންކޮށް ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގެ އިންތިޒާމްވެސް މިކައުންސިލްގައި ހަމަޖެހިފައިވާނެ ވާހަކަވެސް ދަންނަވަމެވެ. އޮންލައިންކޮށް ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 004-700434-7720 (1326 ޚަރަދު 2) އެކައުންޓަށް ފައިސާ ޖަމާކުރައްވާ މިއިދާރާގެ ވައިބަރ ނަމްބަރު 9442742 އަށް ސްލިޕް ފޮނުވުމަށް ދަންނަވަމެވެ. އަދި އިސްލާމިކް މިނިސްޓްރީއިން ޒަކާތް ދެއްކުމަށް ހުޅުވާލާފައިވާ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށްވެސް ޒަކާތު ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެގޮތުން އަންނަނިވި ޕޯޓަލްތައް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

#

އިދާރާ/ކުންފުނި

ޒަކާތް ދެއްކޭނެ ގޮތް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް)

އެސް.އެމް.އެސް

2

އުރީދޫ

އެމް ފައިސާ ( އެޕްލިކޭޝަން)

https://www.ooredoo.mv/webapps/zakaath/public/

3

މޯލްޑިވްސް އިސްލާމިކް ބޭންކް

ފައިސާ މޯބައިލް (އެޕްލިކޭޝަން)

ފައިސާނެޓް

4

ބޭންކް އޮފް  މޯލްޑިވްސް

ޕޯޓަލް (ވެބްސައިޓް)

ވެބްސައިޓް

5

ފަހިޕޭ

ފަހިޕޭ (އެޕްލިކޭޝަން)

https://fahipay.mv/zakat/

6

މިނިސްޓްރީ އޮފް ފިނޭންސް

ބަނޑޭރި ޕޭ

https://bandeyripay.finance.gov.mv

v     ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ.

 ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމެއްގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.

 

1445  ވަނަ އަހަރު ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12ރ (ބާރަ ރުފިޔާ)

2

ތައިލެންޑް ހުދު ހަނޑޫ

70ރ  (ހަތްދިހަ ރުފިޔާ)

3

ރަތް ހަނޑޫ

80ރ (އަށްޑިހަ ރުފިޔާ)

4

ބާސްމަތީ ހަނޑޫ (އާދައިގެ)

70ރ  (ހަތްދިހަ ރުފިޔާ)

5

ބާސްމަތީ ހަނޑޫ (މޮޅު)

100ރ (ސަތޭކަ ރުފިޔާ)

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

125ރ (ސަތޭކަ ފަންސަވީސް ރުފިޔާ)

7

އާދައިގެ ފުށް

10ރ (ދިހަ ރުފިޔާ)

8

އާޓާ ފުށް

75ރ (ހަތްދިހަ ފަސް ރުފިޔާ)

 

  ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

02  ރަމަޟާން     1445

12   މާރިޗް      2024                                                                          

12 މާރިޗު 2024
ހޯދާ