ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/13 |
ތާރީޚް |
02 ރަމަޟާންްް 1445 |
|
12 މާރޗް 2024 |
މުޙައްމަދު ޖަމާލުއްދީން ރަންތާޖު ޤުރުއާން މުބާރާތް 1445
ގދ.ވާދޫ ކައުންސިލުން ކޮންމެ އަހަރަކު ރަަމަޟާން މަހު ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް މިއަރުވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.އެގޮތުން މިއަހަރުގެ މުބާރާތުގެ ނަން " މުޙައްމަދު ޖަމާލުއްދީން ރަންތާޖު ޤުރުއާން މުބާރާތް 2024 " ގެ ނަމަށްބަދަލުކޮށް،މުބާރާތް މިހިނގާ ރަމަޟާން މަހުގެ 17 ވާ ބުދަ ދުވަހު ( 27 މާރޗް 2024 ) ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.
ވީމާ،މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށްއެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 20 މާރޗް 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ވާދޫކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.މިމުއްދަތުގެ ފަހުން ހުށަހަޅާއެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ގދ.ވާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.އަދި މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވެސް ހުންނާނެވެ.
މިމުބާރާތުގެ އެކިއެކި އުމުރުފުރާތަކުންނާއި،ގޮފިތަކުން 1 ވަނަ،2 ވަނަ އަދި 3 ވަނަ އަށް ހޮވޭފަރާތްތަކަށް މިކައުންސިލުން ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ.
މުޙައްމަދު އިބްރާހިމް
އ.ކައުންސިލް އެގްޒެކެޓިވް