ދިވެހިރާއްޖެ
ސެކިއުރިޓީ ސިސްޓަމެއް ޤާއިމު ކުރުމާބެހޭ
މި އިދާރާގައި ސެކިއުރިޓީ ސިސްޓަމެއް ޤާއިމުކުރުމަށްޓަކައި ކެމެރާ ސިސްޓަމެއް ގަނެ އެ ސިސްޓަމް ޤާއިމުކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: B-407/2015/34 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ދެންނެވިފައިވާ ގަޑީގެ ކުރިން އޮޅުމަކުން މަޢުލޫމާތު ދެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފީމެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 27 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކުރާއިރު މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
1- ތަކެތި އަދި ޚިދުމަތުގެ އަގަށް ދެވޭ މާކްސް %75
2- ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް % 10
3- މަސައްކަތް ނިންމުމަށްފަހު މެއިންޓެނަންސްކޮށް ނުވަތަ ސާރވިސް ކޮށްދޭން ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް % 15
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
25 ޖުމާދަލްއާޚިރާ 1436