ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތްނެގުމާ ގުޅޭ

               1445 ވަނަ އަހަރުގެ ފިޠުރުޒަކާތް 02 ރަމަޟާން  1445 (12 މާރޗް 2024) ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން  1445 (06 އޭޕްރިލް 2024 ) ވަނަ ދުވަހުގެ ނިޔަލަށް މިއިދާރާއިން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ގަޑިތަކާ އެއްގޮތަށެވެ.  

ތާރީޙް

ގަޑި

12 މާރޗް 2024 – 30 މާރޗް 2024

9:30 – 12:00 (ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގައި)

31 މާރޗް 2024 – 06 އޭޕްރިލް 2024

10:00 – 11:00 (ހުކުރުދުވަސް ފިޔަވައި ހަފްތާގެ ހުރިހާ ދުވަހެއްގައި)

 

ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަޤުދު ފައިސާއިން ނުވަތަ ޓްރާންސްފާ މެދުވެރިކޮށެވެ.

 ނަޤުދު ފައިސާއިން ފިޠުރު ޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު ދައްކަވަން ބޭނުންފުޅުވާ ޢަދަދަށް ފައިސާ ގެންނެވުމަށް ޙާއްސަ ސަމާލުކަމެއްދެއްވުންއެދެމެވެ.

އަދި ޓްރާންސްފާ މެދުވެރިކޮށް ފިޠުރު ޒަކާތް ދައްކަވަން ބޭނުންފުޅުވެލައްވާނަމަ، ކައުންސިލްގެ ރެވެނިއު 2 އެކައުންޓް ނަންބަރ: 7706700422002 އަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު 9771885 ނަންބަރަށް ސްލިޕް ވައިބަރ ކޮށްދެއްވުން އެދެމެވެ. އަދި ޓްރާންސްފަރ ކުރާ ފަރާތްތަކުން ރިމާރކްސްގައި ފައިސާ ދައްކަވާ ބާވަތާއި ފައިސާދައްކަވާ މީހުންގެ އަދަދު ލިޔުމަށްފަހު ޓްރާންސްފަރކުރެއްވުން އެދެމެވެ. 

ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.  

 މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިލް އެފެއާރޒް އިން ހަމަޖައްސަވާފައިވާ އަގުތައް ތިރީގައި އެވަނީއެވެ.

ބާވަތް

ފައިސާގެ އަދަދު

އާދައިގެ ހަނޑޫ

12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ

70 ރުފިޔާ

ރަތް ހަނޑޫ

80 ރުފިޔާ

ބާސްމަތީ ހަނޑޫ(އާދައިގެ)

70 ރުފިޔާ

ބާސްމަތީ ހަނޑޫ(މޮޅު)

100 ރުފިޔާ

ބާސްމަތީ ހަނޑޫ(އެންމެ މޮޅު)

125 ރުފިޔާ

އާދައިގެ ފުށް

10 ރުފިޔާ

އާޓާފުށް

75 ރުފިޔާ

                  

12 މާރިޗު 2024
ހޯދާ