އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

ޖީ.އެސް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ލީގަލް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 05 ގެ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން. ނުވަތަ
  2. ޖީސީއީ އޭލެވަލް އިމްތިޙާނުގައި ދެމާއްދާއިން ދަށްވެގެން ސީ ފާސްލިބިފައިވުން އަދި ޖީސީއީ އޯލެވަލްގައި ދަށްވެގެން އިނގިރޭސިން "ސީ" ފާހެއް ނުވަތަ އެފެންވަރުގެ އެހެން އިނގިރޭސިފާހެއް ލިބިފައިވުމާއެކު އެސްއެސްސީ އިމްތިޙާނުން ދިވެހިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން. ނުވަތަ
  3. ސާނަވީ ތަޢްލީމް ފުރިހަމަ ކުރުމަށްފަހު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮންމެ ދުވަހެއްގެވެސް ކުރެވޭ މަސައްކަތާއި އަދި އެކިފަރާތްތަކާއިއެކު ލީގަލް ޔުނިޓުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
  1. ލީގަލް ޔުނިޓަށް އަންނަ ސިޓީތަކަށް ޖަވާބުދިނުމަށް ސިޓީލިޔެ، އެ ފަރާތަކަށް ޖަވާބު ފޮނުވުމާއި ސިޓީތައް ފައިލްކޮށް އާކައިވްކުރުން.
  1. އޮފީހުގެ އެންމެހައި ކަންކަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުގެ އޮނިގަނޑުގެ ތެރޭގައި ހިފަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  2. އޮފީހުގެ ފަރާތުން ކުރަންޖެހޭ ދަޢުވާތައް ކުރުމާއި ދަޢުވާ ލިބިގަތުމާއި އޮފީހުގެ ފަރާތުން ވަކާލާތުކުރަން ޙަވާލުކުރެވޭ ކަންކަމުގައި ކޯޓުތަކުގައި ވަކާލާތުކުރުމުގައި އެހީތެރިވުން.
  3. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގައި ކޮމިޝަނަރަށް އެހީތެރިވެދީ އެއްބާރުލުން ދިނުމުގައި އެހީތެރިވުން.
  4. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ތަންފީޒު ކުރުމަށް ބޭނުންވާ ޤާނޫނީ ލަފައާއި އިރުޝާދު، ކޮމިޝަނަރަށާއި އޮފީހުގެ ވެރީންނަށާއި މުވައްޒަފުންނަށް ލިބިދިނުމުގައި އެހީތެރިވުން.
  5. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)  އާ ގުޅޭ ގޮތުން އޮފީހުގެ ފަރާތުން ބާއްވާ އެކިއެކި ޓްރެއިނިންގްތަކުގައި ބައިވެރިވެ، ހުށަހަޅައިދިނުން.
  6. އޮފީހާއި އެކި ފަރާތްތަކާ ދެމެދު ކުރިމަތިވާ މައްސަލަތަކުގައި ޢާންމު ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ޙައްސާސް ކަންތައްތަކުގައި ކޮމިޝަނަރަށް ޤާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަން ލިބިދިނުމުގައި އެހީތެރިވުން.
  7. އޮފީހުން އެކި ކަންކަމާ ގުޅިގެން ހަދަން ޖެހޭ އެއްބަސްވުންތައް ހެދުމާއި އެއްބަސްވުންތަކާ ބެހޭ ގޮތުން ކަމާބެހޭ މުވައްޒަފުންނަށް ލަފަޔާއި އިރުޝާދު ދިނުމުގައި އެހީތެރިވުން.
  8. އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމާއި ތަންފީޒު ކުރުމުގައި ކޮމިޝަނަރަށް ބޭނުންވާ ޤާނޫނީ ލަފާދިނުމުގައި އެހީތެރިވުން.
  9. ޤާނޫނޫ ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:

-      މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

-      ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

-      ލީގަލް ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

އުޖޫރައާއި އިނާޔަތްތައް:

-      އަސާސީ މުސާރަ: (މަހަކު) -7,000/ ރުފިޔާ.

-      ސަރވިސް އެލަވަންސް: (މަހަކު) -3,000/ ރުފިޔާ

-      ލިވިންގ އެލަވަންސް: (މަހަކު) -3,000/ ރުފިޔާ

-      އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

   - ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

18 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

ފޯމުތައް އީމެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

12 މާރިޗު 2024
ހޯދާ