ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ބެހޭ
1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ 02 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ (06 އޭޕްރިލް 2024) ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ 9:30 ން 12:00 ގެ ނިޔަލަށެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާޠް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ އަގަށްވާ ފައިސާއިންނެވެ.
ބޭންކް ޓްރާންސްފަރ ކޮށް ޒަކާތް ދައްކަވާ ފަރާތްތަކުން ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 7706700281004 (1301 ޚަރަދު2) އަށް ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 9902325 ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ ޢަދަދު އަދި ބާވަތް (އާދައިގެ ހަނޑޫ، ހުދުހަނޑޫ، ރަތްހަނޑޫ، ބާސްމަތީ، އާޓާފުށް، އާދައިގެފުށް) މިއިން ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ.
Example: Remarks: Chanbeyleege – Aadhaige handoo4, baasmathy1, Aadhaige fuh6
| 
 #  | 
 ބާވަތް  | 
 ފައިސާގެ އަދަދު (ބޮލަކަށް)  | 
| 
 1  | 
 އާދައިގެ ހަނޑުލުން  | 
 12 ރުފިޔާ  | 
| 
 2  | 
 ތައިލެންޑް ހުދު ހަނޑުލުން  | 
 70 ރުފިޔާ  | 
| 
 3  | 
 ރަތް ހަނޑޫ  | 
 80 ރުފިޔާ  | 
| 
 4  | 
 ބާސްމަތީ ހަނޑުލުން (އާދައިގެ)  | 
 70 ރުފިޔާ  | 
| 
 5  | 
 ބާސްމަތީ ހަނޑުލުން (މޮޅު)  | 
 100 ރުފިޔާ  | 
| 
 6  | 
 ބާސްމަތީ ހަނޑުލުން (އެންމެ މޮޅު)  | 
 125 ރުފިޔާ  | 
| 
 7  | 
 އާދައިގެ ފުށުން  | 
 10 ރުފިޔާ  | 
| 
 8  | 
 އާޓާ ފުށުން  | 
 75 ރުފިޔާ  | 
02 ރަމަޝާން 1445
12 މާރިޗު 2024
