ދިވެހިރާއްޖެ
ނަންބަރ: GS28/IUL/2024/10
އިޢުލާން
ސުކޫލް ހޯލް އިމާރާތުގެ ސީލިންގް މަރާމާތުކުރުމާއި ގުޅޭ:-
މިމަދަރުސާގެ ހޯލް އިމާރާތުގެ ސީލިންގް މަރާމާތުކުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިމަސައްކަތައްއެދި ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަންބަރ: (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަންބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ތިރީގައި މިވާ ތާރީޚްތަކުގައި މިމަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.
- ބީލަމުގައި ރަޖިސްޓްރީކުރުން: 13 މާރޗް 2024 އިން 17 މާރޗް 2024 އަށް ކޮންމެދުވަހަކު 9:00 އިން 12:00 އަށް މިމަދަރުސާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން. (ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.)
- މަޢުލޫމާތު ސާފުކުރުން: 18 މާރޗް 2024 ހޯމަ ދުވަހުގެ 10:30 ގައި މިމަދަރުސާގެ ހޯލްގައި.
- ބީލަން ހުށަހެޅުން: 21 މާރޗް 2024 ބުރާސްފަތި ދުވަހުގެ 10:30 ގައި މިމަދަރުސާގެ ހޯލްގައި.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި ބީލަން ހުށަހެޅުމަށް ވެރިފަރާތުގެ ބަދަލުގައި މީހަކު ދުރުވާނަމަ ދުރުވާ ބޭފުޅަކު ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
ބީލަން ހުށަހަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ސުކޫލް ހޯލް އިމާރާތުގެ ސީލިންގް މަރާމާތުކުރުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މިސްކޫލްގެ ފޯން ނަންބަރ 6800008 އަށް ގުޅުއްވުން އެދެމެވެ.
02 ރަމަޞާން 1445 ހ.
12 މާރޗް 2024 މ.