ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ބެހޭ

 

 

    1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ 02 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ (06 އެޕްރީލް 2024) 12:00 ގެ ނިޔަލަށެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން މެންދުރު 12:00 އަށް މިއިދާރާއިން މިއަހަރުގެ ފިޠުރުޒަކާތް ބަލައިގަންނަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. ޒަކާތް ބަލައިގަތުމުގެ އެންމެފަހުދުވަހު (06 އޭޕްރީލް 2024) 9:30 ން 12:00 އަށް މިއިދާރާ ހުޅުވިފައިހުންނާނެއެވެ.ނަމަވެސް މިދިޔަ އަހަރަކޭވެސް އެއްފަދައިން މިއަހަރުވެސް ފިޠުރު ޒަކާތް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ދެއްކުމަށް މި ކައުންސިލުން ބާރުއަޅާ ވާހަކަ ދަންނަވަމެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ (ގޮވާމުގެ) ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ އަގަށްވާ ފައިސާއިންނެވެ.

ބޭންކް ޓްރާންސްފަރކޮށް ޒަކާތް ދައްކަވާ ފަރާތްތަކުން ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 7706700278004 (1307 ޚަރަދު 2) އަށް ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 7540046 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ ޢަދަދު  އަދި ބާވަތް (އާދައިގެ ހަނޑޫ، ތައިލެންޑްހަނޑޫ، ރަތްހަނޑޫ، ބާސްމަތީ އާދައިގެ/މޮޅު/އެންމެ މޮޅު، އާޓާފުށް، ގޮދަންފުށް) މިއިން ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ.

 

 Example: Remarks: Funamaage – Aadhaige handoo3, baasmathy(molhu)2, godhanfuh3

 

އާދައިގެ ހަނޑޫ

ތައިލެންޑް ހުދު ހަނޑޫ

ރަތް ހަނޑޫ

ބާސްމަތީ ހަނޑޫ (އާދައިގެ)

ބާސްމަތީ ހަނޑޫ (މޮޅު)

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

އާދައިގެ ފުށް

އާޓާ ފުށް

މީހަކަށް -/12ރ

މީހަކަށް -/70ރ

މީހަކަށް -/80ރ

މީހަކަށް -/70ރ

މީހަކަށް 100/-ރ

މީހަކަށް -/125ރ

މީހަކަށް -/10ރ

މީހަކަށް -/75ރ

 

 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

12 މާރިޗު 2024
ހޯދާ