ދިވެހިރާއްޖެ
އިއުލާން
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނާއި ގުޅޭގޮތުން ބާއްވާ އާންމު ބައްދަލުވުމާއި ގުޅޭ
މި މިނިސްޓްރީގެ ނަންބަރު 22/2024/471/(IUL)471-DNPS2 (7 މާރޗް 2024) އިޢުލާނުގައި ބަޔާންކޮށްފައިވާ، މާލެ ސަރަޙައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނާއިގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި މި މިނިސްޓްރީގެ ފަރާތުން ބާއްވާ ބައްދަލުވުން، 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:30 އިން 22:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމް 1 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ބިން ވެރިޔާ ސްކީމް ގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ ގޮތުން އާއްމުކޮށް އިޢުލާނުކުރީމެވެ.
________________
12 މާރޗް 2024