ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ކުރިއަށްއޮތް 2016 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިކެމްޕެއިންގައި ބޭނުންކުރާނެ "ވިޒިޓް މޯލްޑިވްސް އިޔަރ" ގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު IUL)MMPRC-HAS/1/2015/15) ހަވާލާދީ ދަންނަވަމެވެ.
މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަނޭޅޭނެކަމަށް ވާނީ އެންގިފައެވެ. ނަމަވެސް، 24 މާރިޗު 2015 ވީ އަންގާރަ ދުވަހު މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވި ބޭފުޅުންގެ އެއްވެސް އިޢުއުތިރާޒެއް ނެތުމާއެކު، މަތީގައި ހަވާލާދެވިފައިވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، 24 މާރިޗު 2015 ވީ އަންގާރަ ދުވަހު މި އޮފީހުގައި ބޭއްވުނު މަޢުލޫމާތު ސާފުކުރުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލްވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އެންމެހައި ބޭފުޅުންނަށް އެންގުމުގެ ގޮތުން އިޢުލާންކުރަމެވެ.
01 ރަޖަބު 1436