ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން ނަންބަރު:FNK-I/IUL/2024/081

ބައުތަކެތި ނީލަންކިޔުން

އިޢުލާން

މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • ބައުވެ/ބޭނުންނުކުރާ އައި.ސީ.ޓީ އިކުއިޕްމެންޓްސް
  • ބައުވެ/ބޭނުންނުކުރާ އޮފީސް އިކުއިޕްމެންޓްސް

 މި ތަކެތީގެ ނީލަން ފެށޭ އަގަކީ 2500.00 (ދެހާސް ފައްސަތޭކަ ރުފިޔާ) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 200.00 (ދުއިސައްތަ ރުފިޔާ/-) ރުފިޔާ އެވެ.

 ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 14 މާޗް 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އަށް މިކުންފުންޏަށް ވަޑައިގެން މިތަކެތި ބެއްލެވުމަށް ފަހު، 17 މާޗް 2024 ވާ އާދިއްތަ ދުވަހުގެ ހެދުނު 9:00 އަށް މިކުންފުންޏަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ ރަސްމީ 03 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

 މި ތަކެތި ބައްލަވައިލައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން  3018278/3018198  ނަންބަރު ފޯނާ ގުޅުވުން  އެދެމެވެ. 

                         

 

 

12 މާރިޗު 2024
ހޯދާ