މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން

އިޢުލާން

 

1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން

1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް 02 ރަމަޟާން 1445 (12 މާރިޗު 2024) ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން 1445 (07 އޭޕްރީލް 2024) ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:00ށް މިއިދާރާއިން ބަލައިގަންނަމުން ގެންދާނެއެވެ. ނަމަވެސް ރަމަޟާންމަހު ފަހު ދިހާގައި ޒަކާތް ބަލައިގަންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 11:30ށް ކަމުގައި މަޢުލޫމާތައްޓަކައި ދެންނެވީމެވެ. ފިޠުރު ޒަކާތް، މީހަކަށް ދައްކަންޖެހޭ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ.

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަޤުދު ފައިސާ އިން ކައުންސިލް އިދާރާއިންނެވެ. އަދި ޓްރާންސްފާ ކޮށްގެން ނުވަތަ އޮންލައިންކޮށް ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކުން ފިޠުރުޒަކާތް ބަލައިގަންނަ މުއައްސަސާތަކުގެ ޕޯޓަލްތަކުން (ބީ.އެމް.އެލް، އެމް.އައި.ބީ، ދިރާގު، އުރީދޫ، ފަހިޕޭ) އިން އެރަށެއް ސެލެކްޓް ކުރުމުން އެރަށަކަށްޒަކާތް ދެއްކޭނެއެވެ.

1445 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އަގުތަށް ތިރީގައި އެވަނީއެވެ.

 

އާދައިގެ ހަނޑުލުން

ތައިލެންޑް ހުދު ހަނޑޫ

ރަތް ހަނޑޫ

ބާސްމަތީ ހަނޑޫ (އާދައިގެ)

ބާސްމަތީ ހަނޑޫ (މޮޅު)

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

ފުށް

އާދައިގެ

އާޓާ

މީހަކަށް

12.00

70.00

80.00

70.00

100.00

125.00

10.00

75.00

މިހެންވެ މިކަން ޢަންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 މާރިޗު 2024
ހޯދާ