ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
"ކެޕިޓަލް މާރކެޓް ލައިސަންސިންގ ޕޯރޓަލް" ތަޢާރަފްކުރުން

މި އޮތޯރިޓީން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ތެރެއިން، އޮތޯރިޓީން ދޫކުރާ ލައިސަންސްތަކާ ގުޅޭ ޚިދުމަތްތަކައް ޚާއްޞަ ޕޯޓަލްއެއް ކަމުގައިވާ "ކެޕިޓަލް މާރކެޓް ލައިސަންސިންގ ޕޯރޓަލް"، 07 މާރިޗް 2024 ގައި ވަނީ  ތައާރަފު ކޮށްފައެވެ. މި ޕޯޓަލް އަކީ، ޤާނޫނު ނަންބަރު 2006/2 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު)ގެ ދަށުން އޮތޯރިޓީން ދޫކުރާ އެކި ބާވަތްތަކުގެ ލައިސަންސްތަކާ ގުޅިގެން އޮތޯރިޓީން ހޯދަންޖެހޭ އެކިއެކި ޚިދުމަތްތަކައް ބޭނުންވާ ކުންފުނިތަކާއި ފަރުދުންނަށް ފަސޭހަކަމާއެކު އެ ޚިދުމަތްތައް ހޯދޭނެ ގޮތް ހަމަޖައްސާފައިވާ އޮންލައިން ޕޯޓަލެކެވެ. މި ޕޯޓަލްއަށް ވަނުމަށް ބޭނުންކުރާނެ ވެބް އެޑްރެސް އަކީ https://services.cmda.gov.mv އެވެ.

މި ގެނެވުނު ބަދަލާ ގުޅިގެން، އޮތޯރިޓީގެ ލައިސަންސިންގ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފޯމުތައް މެދުވެރިކޮށް ލައިސަންސްތަކަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ހުރިހާ އިންތިޒާމުތަކެއް ވެސް، 10 މާރިޗު 2024 ވާ އާދީއްތަ ދުވަހުން ފެށިގެން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ޕޯޓަލް މެދުވެރިކޮށް ކަމުގައި، މި ޚިދުމަތްތަކަށް އެދިލައްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

                                                                                                            29 ޝަޢުބާން 1445

 

10 މާރިޗު 2024
ހޯދާ