ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ

1445ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ

މިއަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން 02 ރަމަޟާން 1445 (12 މާރޗް 2024) ވާ ހޯމަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (06 އޭޕްރީލް 2024)ވާ ހޮނިހިރުދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 09:30 އިން 12:00 ކައުންސިލް އިދާރާގެ ރިސެޕްޝަނުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. މިއަހަރު ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ. ޒަކާތް ދައްކަން ދުރުވާއިރު ފައިސާ މާރުކޮށްގެން ހަމައަށް ގެނައުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް، މޯލްޑިވްސް ޒަކާތު ހައުސްގެ އޮންލައިން ޕޯރޓަލް މެދުވެރިކޮށް ނުވަތަ، ޒަކާތު ހައުސް އިން ކަނޑައަޅާފައިވާ އިދާރާތަކާއި މުއައްސަސާތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އޮތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިއަހަރުވެސް ފިޠުރުޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމެއްގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ.

1444  ވަނަ އަހަރު ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް

  • އާދައިގެ ހަނޑޫ                         

12.00  ރުފިޔާ

  • ތައިލެންޑް ހަނޑޫ                       

70.00  ރުފިޔާ

  • ރަތް ހަނޑޫ                           

80.00  ރުފިޔާ

  • ބާސްމަތީ ހަނޑޫ (އާދައިގެ)                 

70.00  ރުފިޔާ 

  • ބާސްމަތީ ހަނޑޫ (މޮޅު)

100.00  ރުފިޔާ

  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު)              

125.00  ރުފިޔާ

  • އާދައިގެ ފުށް                         

10.00  ރުފިޔާ

  • އާޓާ ފުށް                           

75.00  ރުފިޔާ

10 މާރިޗު 2024
ހޯދާ