ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ބެހޭ

އިޢުލާން

1445 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ބެހޭ

1445ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް ގެ ނަންބަރ 496-A2/CIR/2024/1001 (06 މާރިޗް 2024) ސަރކިއުލަރ ގައިވާ ގޮތުގެމަތިން،  02 ރަމަޟާން 1445 (12 މާރިޗް 2024) ވަނަ ދުވަހުން ފެށިގެން 25 ރަމަޟާން 1445 (04 އޭޕްރީލް 2024) ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން މެންދުރު 12:00 ގެ ނިޔަލަށް ކައުންސިލްގެ އިދާރާއިންނެވެ.

ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑަ އަޅުއްވާފައިވާތީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ޒަކާތް ދައްކަން ބޭނުންފުޅުވެލައްވާ ބޭފުޅުންނަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 03 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އާއި ހަމައަށް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ފައިސާ ބަލައިގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. އެގޮތުން ފިތުރުޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

#

ބާވަތް

ފައިސާގެ އަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

70 ރުފިޔާ

3

ރަތް ހަނޑޫ

80 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

70 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

100 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

125 ރުފިޔާ

7

އާދައިގެ ފުށް

10 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ޒަކާތް ދައްކަވަން ބޭނުންފުޅުވެލައްވާ ބޭފުޅުން ތިރީގައިވާ އެކައުންޓް ނަންބަރު މެދުވެރިކޮށް ފައިސާ ފޮނުވުމުން ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން ރިމާރކްސްގައި ނަން، ގޭގެ ނަން، ޒަކާތް ދައްކާ މީހުންގެ އަދަދު، އަދި ޒަކާތް ދައްކާ ބާވަތް ޖެއްސެވުމަށްފަހު ފޮނުއްވުން އެދެމެވެ.

 

އެކައުންޓް ނަން:

1296 Kharadhu 2

އެކައުންޓް ނަންބަރު:

7706700320004

ވައިބަރ ނަންބަރު:

7440028

 

 

 

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.         

29 ޝަޢްބާން   1445

10 މާރިޗު  2024

10 މާރިޗު 2024
ހޯދާ